twitterviber whatsapp telegramfacebookyoutube instagram
6th June 2025

ނަހުލާގެ “ބޮސް” ތިލަދެކުނު ސިނަމާއަށް

Oct 31, 2017

ނަހުލާގެ ވާހަކައެއްގެ މައްޗަށް އައިޝަތު ރިސްމީ ޑައިރެކްޓް ކޮށްފައިވާ ފިލްމު “ބޮސް” ތިލަދެނުކު ސިނަމާގައި ނޮވެމްބަރ 9 ގައި އެޅުވުމަށް ހަމަޖެހިއްޖެ އެވެ.

ފިލްމު ކުޅުދުއްފުށީގައި އެޅުވުމުގައި އިސްކޮށްއުޅޭ ފަރާތުން ވިފާޅުވީ މަސައްކަތް ކުރަމުން މި އަންނަނީ މި ފިލްމުގެ 3 ޝޯއެއް 9،10 އަދި 11 ގައި އެޚުވުމަށް ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުން ކުމުންދޫ، ނާވައިދޫ، ނޮޅިވަަރަމް، ނޭކުރެންދޫ، ކުރިނބި އަދި ހިރިމަރަދޫގައި އެޅުވުމަށްވެސް ހަމަޖެހިފައިވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ޝޯތަކަށް ނަންނޯޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޓިކެޓް ވިއްކަން ފަށާނީ 2 ނޮވެމްބަރ ހެނދުނު 9:00 ފެށިގެން ޕެންޓަރގްރާމް ފިހާރައިންނެވެ.

ނަން ނޯޓް ކުރުމަށް 9955020، 9198191 އަދި 9729335 ގުޅުއްވައިގެން ބޭނުންވާ ޝީޓަކާއި އެކު ނަން ނޯޓް ކޮށްދޭނެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355