twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަށްް ބޮޑު ބަދަލެއް ގެނެސްފި

Nov 1, 2017

ދިރާގުގެ ކަަސްތަމަރުންނަށް ގިނަ ހިދުމަތްތަށް ހިލޭ ލިބޭގޮތަށް ދިރާގުގެ ޕޯސްޓްޕެއިޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި އަލަށް ތައާރަފްކުރި މި ހިދުމަތުގައި ކަސްޓަމަރަކު ބޭނުން އަދަދަކަށް ޑޭޓާ ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ޕްލޭނެއްގައިވާ ޑޭޓާ ދޫކޮށްފައިވާ މިންވަރަށް ވުރެ ގިނައިންވެސް ކަސްޓަމަރަށް ފަސޭހަކަމާއެކު ޑޭޓޭ ނެގޭނެ ކަމަށާއި އިތުރަށް ނަނގާ ޑޭޓާ ލިބޭނީ ހިލޭ ކަމަށެވެ.

މި ހިދުމަތަކީ ޕޯސްޓްޕެއިޑު ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 3 ޖީބީއާ ހަމައަށް މުޅިން ހިލޭ ލިބޭނެ ކަމަށާއި މީގެ ތެރޭގައި ފޭސްބުކް، ޓްވިޓަރ، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ ކަމަށެވެ.

އަދި ޕޯސްޓްޕެއިޑްގައި ވޮއިސް ނުވަތަ ފޯނުން ވާހަކަދެއްކުމާއި އެސްއެމްއެސް މުޅިން ހިލޭ ލިބޭނެ ކަމަށާއި ހުރިހާ ޑޭޓާގެ އަދަދަކަށް އެހެން ނެޓްވާރކްތަކުގެ ނަންބަރުތަކަށްވެސް ހިލޭ ގުޅައި އެސްއެމްއެސް ކުރެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން އާންމު ދިރިއުޅުމުގައި ދިވެހިން ބޭނުން ކުރާ ދިވެހި ވަރަށް ގިނަ އެޕާއި އޮންލައިން ހިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑްގައި ހިލޭ ބެނުންކުރެވޭއިރު މީގެތެރޭގައި ދިރާގުގެ އެޕާއި، ދިރާގު ޕޭ އެޕާއި، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިންގް އެޕާއި، ނަމާދު ވަގުތު އަންގައިދޭ ސަލާތު އެމްވީ އެޕާއި، ކިޔޫ ޓޯކެން ދޫކުރާ ކިޔުބީ އެޕް އަދި މޯލްޑިވްސް ފްލައިޓް ޝެޑިޔުލް ވެބްސައިޓް ބޭނުންކުރުންވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ފަސޭހައިން ފައިސާ ދައްކާލެވޭ މި ޕޯސްޓްޕެއިޑް ހިދުމަތުގައި ޕޯސްޓްޕެއިޑް އުސޫލުން މަސް ނިމުމުން ފައިސާ ދެއްކުމުގެ އިތުރުން ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްގެ ސިފަތައް އެއްކޮށްފައިވާ ހައިބްރިޑް ޕޭ ސިސްޓަމެއްވެސް އެކުލެވިގެންވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355