twitterviber whatsapp telegramfacebookyoutube instagram
12th September 2026

24 ގަޑި އިރުތެރޭ “ބޮސް’ގެ ފުރަތަމަ ޝޯ ފުލްވެއްޖެ

Nov 2, 2017

ފާތިމަތު ނަހުލާގެ “ބޮސް” ތިލަ ދެކުނު ސިނަމާގައި މި މަހު 9 ގައި އެޅުވުމަށް ހަމަޖެހި ޝޯއަށް ނަން ނޯޓް ކުރުމަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލާފައިވާ އިރު 24 ގަޑި އިރުތެރޭގައި ފުރަތަމަ ޝޯ ވަނީ ފުލްވެފަ އެވެ.

މިއަދު ހެނދުނު ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު ފިލްމު ކުޅުދުއްފުށީގައި އެޅުވުމުގައި އިސްކޮށް އުޅޭ ފަރާތުން ކޭއޯއަށް ވިދާޅުވީ ފުރަތަމަ ޝޯގެ ޓިކެޓްވެސް ގާތްގަނޑަކަށް އެއްކޮށް ވިއްކާ ނިމިފައިވާ ކަމާއި މިހާރު 2 ވަނަ ޝޯއަށް ނަންނޯޓް ކުުރުން ފަށާފައިވާ ކަމަށެވެ.

އަދި 2 ވަނަ ޝޯގެ ޓިކެޓް ވިއްކަން ފެށުމާއިއެކު 3 ވަ ޝޯއަށް ނަން ނޯޓްކޮށް ޓިކެޓް ވިއްކަން ފަށާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

ކުޅުދުއްފުށީގައި “ބޮސް” ގެ 3 ޝޯ އެޅުވުމަށް ހަމަޖެހިފައިވާއިރު ހދ އަތޮޅުން ކުމުންދޫ، ނާވައިދޫ، ނޮޅިވަރަމް، ނޭކުރެންދޫ، ކުރިނބި އަދި ހިރިމަރަދޫގައި ވެސް މި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަހުލާގެ ވާހަކައެއްގެ މައްޗަށް އައިޝަތު ރިސްމީ ޑައިރެކްޓް ކޮށްފައިވާ ފިލްމު “ބޮސް” ރިލީޒް ކޮށްފައިވަނީ އޮކްޓޯބަރ 31 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293