ޖަލާލުއްދީން ސްކޫލުގެ ޓްރޭޑް ފެއަރއަށް ވިޔަފާރިވެރިންގެ ފަރާތުން މިއަހަރުވެސް ބޮޑު ތަރުހީބެއް

ނަސްވާ ޙަސަން - 2 weeks ago - 7 ނޮވެމްބަރ 2017



ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރިންގެ ފެއަރގައި ” ޖަލާލުއްދީން ސްކޫލުގެ ޓްރޭޑް ފެއަރ” އަށް މިއަަރުވެސް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. މި ފެއަރ އޮންނަނީ އަންނަމަހު 1 ން 5 އަށް ޖަލާލުއްދީން ސްކޫލުގަ އެވެ.

މިދިޔަ އަހަރުވެސް ވިޔަފާރިވެރިނާއި އާންމުގެ ފަރާތުން ބޮޑު ތަރުހީބެއް މި ފެއަރ ލިބިފައިވާއިރު މި ފެއަރ އިން ހެޔޮއަގުގައި ތަފާތު ގިނަ މުދާ ލިބެން ހުރެ އެވެ.

ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވިގޮތުގައި މިއަހަރުގެ ފެއާރ އަށްވެސް ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ހޯލުވަނީ އެއް ވިޔަފާރިއަކުން އެކޮށް ހިފާފަކަމަށާއި ބާކީ ހުރި 19 ސްޓޯލްގެ ތެރެއިން 16 ސްޓޯލް މިހާރުވެސް ފުލްވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ސްކޫލްގެ ތިރީ ކުލާސްތައް ފުލްވެފައިވާ ކަމަށާއި މިހާރު ނުވިކި ހުރީ 3 ސްޓޯލްކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިފެއަރއަކީ އެއްތަނަކުން އަގުހެޔޮކޮށް ގިނަ އަދަދެއްގެ މުދާ ގަންނަ ލިބިގެންދާ ފުރުސަތެކެވެ.


ގުޅުން ހުރި ލިޔުންތައް