ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ ކުންފުންޏަށް 30 އަހަރު ފުރުން ބޮޑެތި ޑިސްކައުންޓްތަކަކާއެކު ފާހަގަ ކުރަން ފަށައިފި އެވެ.
އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާވެ ކުޅުދުއްފުށީގައިވެސް ވަނީ މިދިޔަ އޮކްޓޫބަރމަހު ޝީޝާގެ ސާވިސް ސެންޓަރަކާއެކު އައުޓްލެޓެއް ގާއިމްކޮށް، ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ.
“ހަބޭސް ތިރީސް” ގެ ނަމުގައި އެ ކުންފުންޏަށް 30 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު މި ޕްރޮމޯޝަން އަސްލުވެސް ވަރަށް ސަޅި އެވެ.
ޝީޝާގެ ކުޅުދުއްފުށީ ޝޯ ރޫމްގައި ބަހައްޓާފައި ހުރި ސައިކަލްތަކެއް–
ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ތެރޭގައި ސައިކަލުގެ އިންޓޯލްމެންޓް ޗާރޖް ވަނީ ވަރަށް ބޮޑަށް ތިރިކޮށްލާފައި އެވެ. އެގޮތުން ކުރިން ޑަައުން ޕޭމަންޓްގެ ގޮތުގައި ސައިކަލުގެ އަގުން 40% ދައްކައިގެން ނަގާ އިންސްޓޯލްމެންޓް ޗާރޖް މި ޕްރޮމޯޝަންގެ ތެރޭގައި ދައްކަން ޖެހޭނީ ޑައުންޕޭމަންޓްގެ ގޮތުގައި 10% އެވެ. އެހެން ކަމުން ސައިކަލެއް އިންސްޓޯލެމެންޓަށް ފައިސާ ދައްކާ ގޮތަށް ނަގާނަމަ 20000 ރުފިޔާ ސޭވް ވެގެން އެބަ ދެއެވެ.
އަދި އެއްކޮށް ފައިސާ ދައްކައިގެން ސައިކަލެއް ނަގާނަމަ ފަސްހާސް ރުފިޔާގެ ޑިސްކައުންޓެއް އެފަރާތަކަށް ލިބިގެންދާނެ އެވެ.
އެ ކުންފުނީގެ އައުޓްލެޓްތަކުން ސައިކަލު ސާވިސްކޮށްގެން ނުވަތަ އެއްކޮށް ފައިސާ ދައްކައިން ނުވަތަ އިންސްޓޯލްމެންޓަށް ނަމަވެސް ސައިކަލެއް ނަގާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.
ޝީޝާގެ ކުޅުދުއްފުށީ ޝޯ ރޫމްގައި ބަހައްޓާފައި ހުރި ސައިކަލްތަކެއް–
އޭގެ އިތުރުން ފްރޮމޯޝަން ތެރޭގައި ކޮންމެ ބޭފުޅަކަށްވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެ ކުންފުނީގެ ފޭސްބުކް ޕޭޖްއަށް ލައިކެއް ދީގެންނާއި ޕޯސްޓެއް ޝެއާކޮށްގެން އަގުހުރި ހަދިޔާތަކެއް ލިބިގެންދާނެއެވެ.