twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަފާތު 3 ޕެކޭޖަކާއެކު ދިރާގުން ގެސްޓްހައުސް ޓީވީ ތައާރަފުކޮށްފި

Nov 29, 2017

ދިރާގުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

ގެސްޓްހައުސް ޓީވީ ޕެކޭޖްތަކުގެ ތެރޭގައި ތަފާތު 3 ޕެކޭޖެއް ހިމެނޭއިރު ދިރާގުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވީ “ދިރާގު މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސް 2017” ގައި ގެސްޓްހައުސް ޓީވީގެ ހިދުމަތުގެ ޑެމޯ އެއްދައްކާ ގެސްޓްހައުސް ޓީވީ ތައާރަފް ކުރަން އުޅޭކަން އިއުލާން ކޮށްފައިއެވެ.

ދިރާގު ގެސްޓްހައުސް ޓީވީ ހިދުމަތަކީ ގެސްޓްހައުސްތަކަށް ހާއްސަކޮށް ޓިވީ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރެވިގެން ރާއްޖޭގައި ތައާރަފުކުރެވުނު ފުރަތަމަ ހިދުމަތެވެ.

މިހިދުމަތާއި އެކު ތަފާތު އެތަށް ޑިޖިޓަލް ވެލިއު އެޑެޑް ފީޗާތައް މި ޓީވީ ޕެކޭޖާއެއްކޮށް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް އޮޕަރޭޓަރ ސާވިސް، ރޫމް ސާރވިސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން، އަދި ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ގެސްޓްހައުސް ޓީވީގެ ޔޫޒާ އިންޓަފޭސް އެ ގެސްޓްހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެއެވެ.

ދިރާގުންބުނީ، ރާއްޖޭގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމްކުރެވިފައިވާ ރަށްރަށުގައި ހިންގަމުންގެންދާ ކޮންމެ ގެސްޓްހައުސް ވިޔަފާރިއަކަށްވެސް މި ތައާރަފް ކުރި ‘ގެސްޓްހައުސް ޓީވީ’ގެ ހިދުމަތް ހޯއްދެވޭނެ ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު ގެސްޓްހައުސް ޓީވީގެ ސަބަބުން ގެސްޓްހައުސްގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355