100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ކުޅުދުއްފުއްޓަށް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫ ސްޕަރނެޓް ކުޅުދުއްފުއްޓަށް މިއަދު ތައާރަފުކޮށްފައިވާއިރު ޑިސެމްބަރުމަހު 31 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ހިދުމަތް ހިޔާރު ކުރައްވާ ފަރާތްތަކަށް، ފުރަތަމަ ތިން މަހުގެ މަހުފީ އިން 25% ގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.
އުރީދޫ ސްޕަރނެޓް އިފުތިތާހު ކުރުމަށް މިއަދު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ޙާން ވިދާޅުވީ ޒަމާނީ ތަރައްގީއާ ހަމައަށް ވާސިލުވުމަށް އެންމެ މުހިންމު އެއް ހިދުމަތަކަކީ އިންޓަނެޓް ކަމަށާއި އުރީދުގެ އަމާޒަކީ ހަލުވި ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.
އުރީދޫގެ ސީއީއޯ ވާހަކަ ދައްކަނީ–
“ކުޅުދުއްފުށީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވި އެވެ.
އުރީދޫ ސުޕަރނެޓް ކުޅުދުއްފުށީގައި ތައާރަފުކޮށްފައިވަނީ ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ޕެކޭޖުތަކާއެކު އެވެ. އެގޮތުން، ކުޅުދުއްފުށިން ސުޕަރނެޓުގެ ހިދުމަތް ހިޔާރު ކުރައްވާ ކަސްޓަމަރުންނަށް، އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނީ މާކެޓުގެ އެންމެ ރަނގަޅު އަގުތަކުގަކަމަށް އުރީދޫއިން ބުނެ އެވެ.
ކުޅުދުއްފުއްޓަށް ސުޕަރނެޓް ނެޓްވަރކް ފުޅާކޮށްދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕަރޓްނަރއަކީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އެވެ.
ސުޕަރނެޓް ތައާރަފުކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–
ސުޕަރނެޓްގެ ހިދުމަތް ހިޔާރުކުރެއްވުމަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، އުރީދޫ އިންވަނީ ސުޕަރނެޓް ރައުޓަރ ގަތުމަށް ހާއްސަ، 12 މަހުގެ އިންޓަނެޓް ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ.
މި ޙިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/supernet އަށް ޒިޔާރަތްކުރަށްވާށެވެ.