ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އެންމެ ބޮޑު ޓްރޭޑް ފެއާރ މިއަދު ފަށާއިފި އެވެ.
މިއަދުން ފެށިގެން މިމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރޭޑް ފެއާރ ގައި ޖުމްލަ 17 ސްޓޯލް ހިމެނޭއިރު ކުރީ އަހަރު ތަކެކޭ އެއްފަދައިން މި އަހަރުވެސް ވިފަޔާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް މި ފެއާރ އަށް ވަނީ ލިބިފައެވެ.
ޓްރޭޑް ފެއާރ ގެ ޕެންޓަރގްރާމް ސްޓޯލް–
މި އަހަރު ޖުމްލަ 16 ވިޔަފާރީއަކުން ވަނީ ފެއާރގައި ބައިވެރިވެފަ އެވެ. އެއީ ސަފާޔަރ، ޕެންޓަރގްރާމް، ވާއުފާ، ރަންނާޅި ފިހާރަ، ބުލްބުލް، އަނިރު ހޯމްކެއާރ، ޓޫ ޒީރޯ، ޓިކްމާރކް، ސީ ކިއު ޕްލަސް، ގޯލްޑްވޭ، ފެހިދޫލަ، ފެޝަން އެންޑް ޑިޒައިން، ބެސްޓް ވެލިއު، އިޓްސް ޑެލިޝިއަސް، ޓޮޕް ހައުސް އަދި ލަސްޓަންޒަރ ރެސްޓޯރެންޓެވެ.
ޓްރޭޑް ފެއާރ ގެ ޕެންޓަރގްރާމް ސްޓޯލް–
އެގޮތުން މި ފެއާރގެ ތެރެއިން އަންނައުނު، ސްކޫލް ދަބަސް، ހިފާގެންގުޅޭ ސާމާނު އަދި ބަނދިގެ ސާމާނު ލިބެން ހުންނާނެ އެވެ.
މި ފެއަރ ހުޅުވިފައި ހުންނާނީ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:30 ށެވެ.
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ ވެސް މެއެވެ.