ޖަލާލުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ ޓްރޭޑް ފެއަރގައި، އަންގާރަ އަދި ބުރާސްފަތި ދުވަހު ފެއާރ ކުރިއަށްދާ ގަޑިތައް އިތުުރުކޮށްފި އެވެ.
ޖަލާލުއްދީން ސްކޫލުން ބުނީ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ގަޑި އިތުރު ކުރީ މި ދެދުވަހަކީ ގިނަ ރަށްރަށުން ކުޅުދުއްފުއްޓަށް ފެރީ އޮންނަ ރަށްރަށުން އަންނަ ފަރާތްތަކަށް ފެއާރ އަށް އައުމަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިހާރު އަންގާރަ އަދި ބުރާސްފަތި ދުވަހު ނަމަދު ގަޑިތަކުގައި ފިޔަވާ ހެނދުނު 9:00 ރޭގަނޑު 10:30 ފެއާރ ހުޅުވިފައި ހުންނާނެ އެވެ. އަދި މިއަދާއި ބުދަ ދުވަހު ފެއާރ ހުޅުވިފައި ހުންނާނީ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:30 ށެވެ.
މި އަހަރު ޖުމްލަ 16 ވިޔަފާރީއަކުން ވަނީ މި ފެއާރގައި ބައިވެރިވެފަ އެވެ. އެއީ ސަފާޔަރ، ޕެންޓަރގްރާމް، ވާއުފާ، ރަންނާޅި ފިހާރަ، ބުލްބުލް، އަނިރު ހޯމްކެއާރ، ޓޫ ޒީރޯ، ޓިކްމާރކް، ސީ ކިއު ޕްލަސް، ގޯލްޑްވޭ، ފެހިދޫލަ، ފެޝަން އެންޑް ޑިޒައިން، ބެސްޓް ވެލިއު، އިޓްސް ޑެލިޝިއަސް، ޓޮޕް ހައުސް އަދި ލަސްޓަންޒަރ ރެސްޓޯރެންޓެވެ.
ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުހެޔޮ، އެންމެ ބޮޑު ޓްރޭޑް ފެއާރ މިއަދު ފަށައިފި
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ ވެސް މެއެވެ.