twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފުނަދޫގެ ހިތްގައިމު ތުނޑި އާއި ޗާލު މޫދު ފޮޓޯއިން ބަލާލަމާ !

Dec 12, 2017

ށ އަތޮޅުގެ ވެރިކަންކުރާ އަދި އެއަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ ފުނަދޫ އެވެ. ކުޅުދުއްފުށިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ދޮޅު ގަޑިއިރު ދެވޭ އެރަށަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ.

2500 އެއްހާ މީހުން ދިރިއުޅޭ މިރަށަކީ ފުޅާ ދާއިރާގެ މަސްވެރިކަންކުރަމުން އަންނަ ރަށެކެވެ. އެގޮތުން މަހަށްދާ 500 ވުރެ ގިނަ މީހުން އުޅޭއިރު މަސްވެރިކަމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ދޮށީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ހިމެނެ އެވެ.

ގެސްޓްހައުސްއަކާއި 30 ހަކަށް ފިހާރަ ހުންނައިރު މިރަށުގެ ރައްޔިތުން ފާހަގަކުރެވިފައިވަނީ މަޑުމަތިރި އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި އެވެ. ތިމާވެށީގެ ގޮތުން ރާއްޖޭގެ މަދު ރަށަކަށް ލިބިފައިނޫނީ ނުވާ ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ އެތަންނަކީ އެރަށުގެ ދަށްފަޅެވެ. އެއީ ރާއްޖޭގެ އެހެން ރަށްރަށާއި ތަފާތުކޮށް ރަށުގެ މެދުން މޫދާއި ގުޅިފައިވާ ފަޅެއް ނުވަތަ ކުޅި އެކެވެ.

ފުނަދުއަށް ޒިޔާރާތްކުރާ ގިނަ ބަޔަކު މިފަޅު ބަލާލަން ދެ އެވެ. އަދި ރަށުގެ ތުނޑި ސަރަހައްދާއި ގުޅިފައިވާ މޫދުގެ ސަރަހައްދަކީވެސް ވަރަށް ހާއްސަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ތަނެކެވެ. ދޮންވެލި ތުނޑި އާއި ބިއްލޫރި ކޮޅެއް ފަދަ ސާފު މޫދެވެ. ފަޅުތެރޭގައި އޮންނަ ރީތި ދޮންވެލި ފިނޮޅެވެ. އަދި ފަޅުކޮޅުގެ އާދަޔާ ހިލާފު ރީތިކަމަކީ މުޅި އެސަރަހައްދަށް ލިބިފައިވާ ގުދުރަތީ ޗާލުކަން އިތުރަށް ފުރިހަމަކޮށްދޭ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355