twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުރީދޫއިން ލަވަފޮށި ޕްރިމިއަމް ތައާރަފުކޮށްފި

Dec 13, 2017

އުރީދޫއިން މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފިއެވެ. މި ޕާރޓްނަރޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރެވޭނެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްޓްރީމިންގ މިއުޒިކް ހިދުމަތްކަމުގައިވާ ލަވަފޮށި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ތެރޭގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. 10،000 އަށްވުރެ ގިނަ ދިވެހި ލަވައާއި އެކު “ލަވަފޮށި ޕްރިމިއަމް” ގެ ހިދުމަތް ސަބްސްކްރައިބް ކުރައްވައިގެން ބޭނުންކުރުމުގެ ފުރުސަތު ހުރިހާ އެންމެންނަށް ލިބިގެންދާއިރު އުރީދޫގެ ކަސްޓަމަރުންނަށް “ލަވަފޮށި ޕްރިމިއަމް” އިތުރު އެއްވެސް އަގަކާނުލާ އުރީދޫ 4G+ ނެޓްވޯކުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އެގޮތުން ލަވަފޮށިން ދިވެހި މިއުޒިކީ ދިގު ތާރީހުގެ ގިނަ ލަވަ އަޑު އަހާ އެ ލަވަތައް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އެޕްގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމްކުރުމުގެ ތަސައްވުރާއިއެކު އުރީދޫއިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނީ ދިވެހި ފަންނާނުންގެ ހުނަރު ކުރިއެރުވުމުގައި އެހީތެރިވެދީ ބައިނަލްއަގްވާމީ މައިދާނުގައި ފަންނުވެރިން ޕްރޮމޯޓް ކުރެވޭނޭ ގޮތްތައް އެކިއެކި ހިދުމަތްތަކާ އެޕް މެދުވެރިކޮށް ހޯދައިދިނުމަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355