twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫއިން “އެޕްއެންގޭމް ޕެކް”ގެ ނަމުގައި 3 ޑޭޓާ ޕެކެއް ތައާރަފުކޮށްފި

Dec 17, 2017

އުރީދޫއިން އެޕްއެންގޭމް ޕެކް ގެ ނަމުގައި މުޅިންއާ 3 ޑޭޓާޕެކް ތައާރަފްކޮށްފިއެވެ.

އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެކްތަކެކެވެ.

އެގޮތުން އުރީދޫގެ އެޕްއެންގޭމް ޕެކްތަކަކީ ސްނެޕްޗެޓް، ސައުންޑްކްލައުޑް، ކްލޭޝް އޮފް ކްލޭންސް، އަދި އައިއެމްއޯ ފަދަ ސްމާރޓްފޯން ބޭނުންކުރައްވާ ބޭފުޅުންގެ މެދުގައި މަގްބޫލް އެޕްތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް އެކުލެވިގެންވާ ޕެކް ތަކެކެވެ.

އިންޓަރނެޓް ބޭނުންކުރުމަށް ޑޭޓާ އެލަވަންސް އަދި މަގްބޫލް މޯބައިލް އެޕް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިފައިވާ މި ޕެކްތަކަކީ ވަރަށް އެކަށޭނަ އަގުތަކެއްގައި ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވުނު ޕެކް ތަކެކެވެ. އެޕްއެންގޭމް ޕެކްތަކުގެ ކޮންމެ ޕެކެއްވެސް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ.

އަލަށް ތަޢާރަފް ކުރެވުނު ޕެކްތަކަކީ:

• 159 ރުފިޔާއަށް 1.5ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 711 އެމްބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 50 މިނެޓް

• 259 ރުފިޔާއަށް 4ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 1 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 150 މިނެޓް

• 359 ރުފިޔާއަށް 8ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 2 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 250 މިނެޓް

އުރީދޫ އެޕްއެންގޭމް ޕެކް އެކްޓިވޭޓް ކުރެއްވުމަށް *929*2# އަށް ޑަޔަލް ކުރައްވާށެވެ. އެޕްއެންގޭމް ޕެކްއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ooredoo.mv އަށް ޒިޔާރަތްކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355