twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ރައްޔިތުން ގެދޮރުވެރި ކުރުމުގައި މި ސަރުކާރު ވަނީ ފެއިލް ވެފައި!

Jan 3, 2018

ކުޅުދުއްފުށީގައި ހުރި ބައެއް ރޯހައުސް އިމާރާތް ކުރަމުންދާތާ، އަދި މަސައްކަތް ނިމިފައި ހުރި ރޯހައުސްތައް ނިމިފައި ހުރިތާ ގިނަ ދުވަސް ތަކެއްވަނީ ވެފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން 4 އަހަރު ފާއިތުވެ 5 ވަނަ އަހަރު ގުނަމުންދާއިރު އިމާރާތް ކުރެވެމުންދާ ރޯހައުސްތައް އަދިވެސް ނިމިފައެއް ނުވެއެވެ.

ކުޅުދުއްފުށީ ހިއްކި ބިމުގައި އިމާރާތް ކުރަން ފަށާފައިވާ ރޯހައުސް ތަކަކީ މުހައްމަދު ނަޝީދު ގެ ވެރިކަމުގައި ކުޅުދުއްފުށީގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ރޯހައުސްތަކެެކެވެ. މި ސަރުކާރުން ވެރިކަމަށް އައި އިރުވެސް ބޮޑުބައި ނިމިފައިވާ އެ ރޯހައުސްތަކުގެ މަސައްކަތް މި ސަރުކާރުގެ 4 އަހަރު ނިމިގެން ދިޔައިރުވެސް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

ހަސަނާތުގެ މިސްކިތް ސަރަހައްދުގައި (މާފަލު ހިޔާ) އަދި ޖަލާލުއްދީން ސްކޫލް އުތުުރުކޮޅު (ކަނބޯރަނި ހިޔާ) ގައި އިމާރަތްކޮށް ނިމިފައިވާ ރޯހައުސްގެ ގުރުއަތުލުން މި ސަރުކާރުން، ނަގާފައިވާއިރު މިހާތަނަށް އެއްވެސް ރޯހައުސްއެއް ވެރިފަރާތާއި ހަވާލު ކުރެވިފައެއްވެސް ނުވެއެވެ.

އެކި ފަހަރުމަތިން ތާވަލުކޮށްގެން ގުރުއަތުލުން ނަގާފައިވާއިރު މާފަލު ހިޔާގެ ރޯ ހައުސް ހަވާލު ނުކުރެވިވަނީ އެސަރަހައްދުގެ ނަރުދަމާގައި އުޅޭ މައްސަލަ ހައްލު ނުކުރެވޭތީ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކަނބޯރަނި ހިޔާގެ ރޯހައުސް ހަވާލު ނުކުރެވި ލަސްވާ ސަބަބެއް މިހާތަަނަށް ވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ކަނބޯރަނި ހިޔާގައި ހުރި ރޯހައުސް ތަކެއް–

މިދިޔަ އަހަރު އޮކްޓޯބަރ މަހު ކަނބޯރަނި ހިޔާގައި ހުރި ރޯހައުސްތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީ އެއްގައި ވަނީ ހާމަކޮށްފަ އެވެ. އެ ރޯހައުސްތަކުގެ ގުރުއަތުލުން ނަގާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.

އެ ރޯހައުސްތައް ހަވާލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ކައުންސިލަށް ސިޓީ ފޮނުވިފަހުންވެސް 3 މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ޖެހިފައިވާތަކެއް ނުފެނެއެވެ.

ރޯހައުސް މައްސަލާގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް: ކުޅުދުއްފުށީ ކައުންސިލްގެ ރައީސް

މީގެ އިތުުރުން މާފަލު ހިޔާގައި އިމާރަތް ކޮށްފައިވާ ރޯހައުސްތައް ހަވާލު ކުރުން ލަސްވަނީ ނަރުދަމާއަށް ދިމާވެފައިވާ މަސައްލައެއްގެ ސަބަބުން ކަމަށް ވާއިރު އެ މައްސަލަތައް ހައްލު ކުރުމަށްވެސް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ފެނިފައެއް ނުވެއެވެ. މިދިޔަ އަހަރު އޭޕްރީލް ގައި ގުރުއަތު ނަނގާ ނިމިފައިވާ މާފަލު ހިޔާގެ ރޯހައުސްތަކުގެ ގުރުއަތުލުން އެތައް ފަހަރަކު ފަސްވެގެން ދިޔަ އިރު އެންމެ ފުރަތަމަ އެތަނުގެ ގުުރުއަތު ނަގަން ހަމަޖެއްސީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ.

ރޯހައުސްތައް ހަވާލު ނުކުރެވި ލަސްވަމުންދާތީ ކައުންސިލުންވެސް ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ރޯހައުސްތަކުގެ ގުރުއަތުލުން ބޭއްވުމަށްފަހު ގިނަ ދުވަސްތަކެއް ވެގެން ދިޔަ އިރު އެ ގެތަށް ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވިފައިވާ ނުވަނީ ސަރުކާރުގެ އިޚްލާސްތެރިކަން ނެތުމުންކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ވަނީ ވިދާޅުވެފައެވެ.

އަބްދުއް ލަތީފް ވިދާޅުވީ ރޯހައުސްތައް ލިބިފައިވާ ފަރާތްތަކަށް އެގެތަށް ހަވާލުނުކޮށް ސަރުކާރުން ހިފަހައްޓަން ޖެހޭ ނުވަތަ ނުދީ ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި އެންމެ ފުރަތަމަ މާފަލު ހިޔާގެ ރޯހައުސްތަކުގެ ގުރުއަތުލުން އިއުލާންކުރުމަށް ފަހު ކެންސަލުކުރީ އެތަނުގެ މަސައްކަތް ނުނިމޭކަމަށް ބުނެ މިނިސްޓްރީން އެކަން ކެންސަލްކުރުމަށް އަންގައިގެން ކަމަށެވެ. އެކަމަކު ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް އަލުން މިނިސްޓްރީން އެދިގެން ގުރުއަތުލީއިރު އެތަނުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި އެއީ މިކަމުގައިވެސް ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމާވާކަމެއް ކަމެއް ލަތީފް ވިދާޅުވީ އެވެ.

ކަނބޯރަނި ހިޔާގައި ހުރި ރޯހައުސްތަށް ހަވާލުކުރުމުގެ މަސައްކަތް ފަށައިފިން: ހައުންސިންގ

ކުޅުދުއްފުށީ ހިއްކި ބިމުގައި އަޅަންފަށާފައިވާ 100 ރޯހައުސްގެ އެއްވެސް މަސައްކަތެއްވެސް ކުރިއަށް ނުދާތާ އެތައް ދުވަހެއް ވެފައިވާއިރު މި އަހަރުގެ ބަޖެޓްގައިވެސް ކުޅުދުއްފުށީ ގެދޮރިވެރިކަމަށް ހަމައެކަނި ހިމަނާފައިވަނީ ހިއްކި ބިމުގައި އާޅާ ރޯ ހައުސްތައް ނިންމުމަށް އެކަންޏެވެ.

އެ މަސައްކަތައް ނިންމުމަށް ބަޖެޓްގައި މިިދިޔަ 4 އަހަރުވެސް ހިމަނާފައިވާއިރު މި އަހަރުވެސް އެމަސައްކަތް ނިމޭނެ ކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355