ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއި އެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް މިއަދު ޅ އަތޮޅުގައިި އިފްތިތާހްކޮށްފިއެވެ.
އެގޮތުން ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ގެ ހިދުމަތް ޅ. ހިންނަވަރާއި ޅ. ނައިފަރަށް މިވަނީ ދޭންފަށާފަ އެވެ. މީގެ ކުރިން ދިރާގު ޓީވީގެ ހިދުމަތް މި ދެރަށުގައި ކުރިން މޯބައިލް ބްރޭންޑްބޭންޑް މެދުވެރިކޮށް ލިބުނު ކަމުގައިވިޔަސް ރަސްމީކޮށް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ޓީވީގެ ހިދުމަތް ފޯރކޮށްދޭން ފެށީ މިއަދުއެވެ.
މި ދެހިދުމަތް ހިންނަވަރާއި ނައިފަރުގައި ތައާރަފްކުރުމުގެ ގޮތުން ދެރަށުގައިވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާބާއްވާފައެވެ.
މާލެއާ އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއި އެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ޅ. ހިންނަވަރާއި ޅ. ނައިފަރުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. ދިރާގު ޓީވީގެ ހިދުމަތް މި ދެރަށުގައި ކުރިން މޯބައިލް ބްރޭންޑްބޭންޑް މެދުވެރިކޮށް ލިބުނު ކަމުގައިވިޔަސް ރަސްމީކޮށް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ޓީވީގެ ހިދުމަތް ފޯރކޮށްދޭން ފެށީ މިއަދުއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އަދި ނައިފަރާއި ހިންނަވަރުގައި މިގާއިމް ކުރެވުނު ފައިބަރގެ ހިދުމަތް މމެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
އަދި މިއީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.
ދިރާގުން ދަނީ މިހާރުވެސް ދިރާގު ޓީވީ އަދި ފައިބަރ ގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ހިލޭގުޅައި ދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.
ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.