twitterviber whatsapp telegramfacebookyoutube instagram
8th May 2024

ކުޅުދުއްފުށީ ހޮސްޕިޓަލް ޕްރޮޖެކްޓް ފެއިލްކޮށްލީ މިނިސްޓްރީ ތެރެއިން ތަ !?

Jan 14, 2018

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް އަބުދުﷲ ޔާމީންގެ ވައުދުފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އެންމެ ކުރިއަރާފައިވަނީ ސިއްހީ ދާއިރާ އެވެ. އެތަށްގޮތަކުން ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ރައީސް ގެންނަވާފައިވާއިރު ގިނަ ރައްޔިތުންތަކެއް ތިބީ އުތުރާއި ދެކުނުގައި ރައީސް ތަރައްގީކުރައްވާނެކަމަށް ވިދާޅުވީ ޒަމާނީ ހޮސްޕިޓަލުތަކުން ހިދުމަތް ހޯދުމަށް ކެތްމަދުވެފަ އެވެ.

ބޮޑުތިލަދުންމަތީގެ ރައްޔިތުން ސިއްހީ ހިދުމަތް ބަރޯސާވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިދިޔަ ޖުލައިމަހު ނޫރުލް އިސްލާމް އިންޓަނޭޝަލް(އެންއައިއައި) އާ ހަވާލުކުރި އެވެ. ނަމަވެސް ހަވާލުކުރިތާ ހަ މަސްވެސް ނުވަނީސް ހިއްސާދާރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދި ހޮސްޕިޓަލުގެ މަސައްކަތް ހުއްޓުނެވެ. ހިޔާނާތުގެ އިނގިލި އެއްބަޔަކު އަނެއް ބަޔަކަށް ދިއްކުރަމުންދާއިރު ރައްޔިތުންނާއި މުވައްޒަފުން ތިބެންޖެހުނީ ވާނުވާގަ އެވެ.

މިހިސާބުން އެހެން ވާހަކައެއް ފަށާނަމެވެ. ކޭއާރުއެޗް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަވާލުކުރުމުން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ އައްޑޫ ހޮސްފިޓާ ބާއްވާފައި ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކުރުމަށް ހަވާލުކުރުމުން ހެލްތް މިނިސްޓްރީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅުނު އަޑުތަކެކެވެ. ސަރުކާރުގެ އިތުރުން ހެލްތް މިނިސްޓްރީގެ ނުފޫޒުގަދަ ގިނަ މަގާމުތަކެއްގައި އައްޑޫއަށް ނިސްބަތްވާ މީހުން ތިބިއިރު އެމީހުން މި ޕްރޮޖެކްޓް އުތުރަށް ދިއުމަށް ދެކޮޅު ހެދިކަމުގެ ވާހަކަތަކެވެ.

ސީދާ ހެލްތް މިނިސްޓްރީން ތެރެއިންވެސް ފިއްތުންތައް ސަރުކާރަށް ކުރިމަތިވިކަމަށްވެ އެވެ. ނަމަވެސް ހޮސްޕިޓާ ޕްރޮޖެކްޓް ކުޅުދުއްފުއްޓަށް އައީ އެރަށަށް ނިސްބަތްވާ ނުފޫޒުގަދަ މީހެއްގެ ސަބަބުން، ރައީސް ޔާމީން އަރިހުގައި ދަންނަވައިގެންކަމަށްވެސް ވެ އެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަޔަކާ ހަވާލުކޮށްގެން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ރައީސް ނިންމަވައި އެކަން މިނިސްޓްރީއަށް އެންގި ހިސާބުން އެކަމާ ދެކޮޅު އަޑުތަކެއް އުފެދި އެޝަކުވާވެސް މިނިސްޓްރީގައި ބޮޑުވި ކަމަށްވެއެވެ. އަދި އެމަޝްރޫއު ކުޅުދުއްފުއްޓަށް ގެނެވުނީ އައްޑޫއަށް އެއަށްވުރެ ފުރިހަމަ ޕްރޮޖެކްޓް ދާނެކަމަށް ރައީސް އޮފީހުން އެންގުމުންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމަށް ބާރުލިބޭ ގިނަ ވާހަކަތަކެއްވެސް އެކި ފަރާތްތަކުން ހިއްސާކޮށްފައިވެ އެވެ. އެގޮތުން އެންއައިއައި އާ ހަވާލުކުރި ފުރަތަމަ ދުވަސްތަކުގެ ތެރޭގައި މިނިސްޓްރީގެ ތެރެއިންވެސް ސީދާކޮށްނާއި ނުސީދާކޮށް އެކުންފުންޏާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުވިކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލާ އެކުންފުނިން ހަވާލު ކުރުމުގެ ކުރިން، އެގްރިމަންޓް ހެދުމުގެ މަރުހަލާ ކުރިއަށް ދިޔައިރު ވެސް ސަރުކާރުގެ އެކި އެކި ލެވެލް ތަކުގައި ތިއްބެވި ބޭފުޅުން މިކަމާ ދެކޮޅު ހަދަމުން ދިޔަކަމަށްވެސް އަޑު ފެތުރުނެވެ.

ކޮންމެއަކަސް ގާތްގަނޑަށް ކުޅުދުއްފުށީ ހޮސްޕިޓަލު ޕްރޮޖެކްޓް ފެއިލްވެފައިވާއިރު، އަދި އެއްބަސްވުމާ އެއްގޮތަށް އެންއައިއައި އަށް ތަރައްގީގެ އެއްވެސް ކަމެއް ހޮސްޕިޓަލުގައި ހިންގިފައިނުވާއިރު އާއި ކޮރަޕްޝަނާ ފަސާދައިގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެމައްސަލަތަކަށް ބެލުމެއްނެތި ހޮސްޕިޓާ ރަނގަޅުކުރުމަށް ދިހަ ދުވަހުގެ މުހުލަތެއް އެކުންފުންޏަށް ދިނުމުން އެކަނިވެސް ގިނަ ސުވާލުތަކެއް އުފެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355