twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިދިޔަ އަހަރު ފަހު ކުއަޓާރގައި ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ފައިދާއެއް

Jan 25, 2018

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް މިދިޔަ ކުއާޓަރުގައި ހޯދިފައިވާ ކަމަށާއި ލޯނު ދޫކުރި ނިސްބަތް ވެސް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި މިދިޔަ ކުއާޓަރުގައި އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރަކީ އޭގެ ކުރީ ކުއާޓަރަށް ވުރެ 42 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނެފައިވެއެވެ.

ހިންގުމުގެ ހަރަދު ބޮޑުވުމާއި “އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެ ގުނަ އަށް އިތުރުކުރި ނަމަވެސް މިދިޔަ އަހަރު ހޯދި މާލީ ނަތީޖާއަކީ އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މި ބޭންކުން ބުނެފައިވެއެވެ.

މުޅި އަހަރުގެ ނަތީޖާ ބޭންކުން ހާމަކޮށްފައި ނުވަނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތް ނުނިމޭތީ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

މިދިޔަ އަހަރުގެ ނަތީޖާއާ އެކު ބޭންކްގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައިވެއެވެ.

އެންޑްރޫ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 60 ޕްރޮގްރާމާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާ ކުރުމަށް މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށާއި ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން އެ ބޭންކާ ގުޅިފައިވާ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

އެ ބޭންކުގެ މިހާރުގެ އަމާޒަކީ މި އަހަރުގެ ތަސައްވުރުގައި ހިމެނޭ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫއާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖޭން ބޭރަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355