twitterviber whatsapp telegramfacebookyoutube instagram
11th November 2026

އޭޑީކޭ އިން ޑްރައިޕާސްގެ ނިއުބޯން ޕްރޮމޯޝަނެއް ފަށަނީ!

Jan 28, 2018

އޭޑީކޭ- ޖެނެރަލް ޓްރޭޑިންއިން މިވަނީ ތަފާތު ޕްރޮމޯޝަންއެއް ފަށަން ނިންމާފައެވެ. އެންމެ ފަހުން އެ ކުންފުނިން ގެންދިޔަ ޕްރޮމޯޝަންގައި ދިނީ އެޕާޓްމަންޓެކެވެ. މި ފަހަރު އެ ކުންފުނިން ދިނުމަށް ހަމަޖެހިފައިވަނީ ގިފްޓް ޕެކް ތަކެކެވެ. ނިއުބޯން ނެޕީ ބޮނޑީގެ އިތުރުން އަލަށް އުފަންވާ ކުއްޖަކަށް ބޭނުންވާނެ ތަފާތު ބާވަތްތައް މި ގޮފްޓް ޕެކް ގައި ހިމެނެއެވެ.

އޭޑީކޭއިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަންގައި އިނާމު ލިބުމުގެ ފުރުސަތު އުފަންވާތާ ތިން މަސް ފުރޭ ކޮންމެ ކުއްޖަކަށް ވެސް އޮންނާނެ އެވެ. އަދި އެކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، މަންމަ އަދި ބައްޕަގެ އަޑީކާޑު ގެނައުމުން ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާނެ ފިހާރަތައް:

* އޭޑީކޭ ބޭސް ފިހާރަ 2، (އައިޖީއެމްއެޗް ކުރިމަތި)

* އޭޑީކޭ ބޭސް ފިހާރަ 3، (މާލެ ސިޓީގައި ހުރި)

* އޭޑީކޭ ބޭސް ފިހާރަ 10، (ހުޅުމާލެ- ސެންތޯ މޯލް)

* ޖީ ފިހާރަ (މާލެ ސިޓީ)

* އޭޑީކޭ ޖެނެރަލް ޓްރޭޑިން

* އޭޑީކޭ (ކުޅުދުއްފުށީ ފިހާރަ)

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ޑްރައިޕާސް ނެޕީގެ އެކި ސައިޒުތައް ވިއްކަ އެވެ. މި ބްރޭންޑުގައި ނެޕީގެ އިތުރުން ކުޑަ ދަރިފުޅުގެ ހަންގަޑަށް ފައިދާހުރި އެތަށް އުފެއްދުމެއް ހިމެނެ އެވެ. އުފެއްދުންތަކުގެ ތެރޭގައި ލޯޝަނާއި ޝޭމްޕޫ އަދި ވައިޕްސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293