twitterviber whatsapp telegramfacebookyoutube instagram
15th September 2025

އެސްޓީއޯ ސްޕަމާރޓް ގެ ޗޮކްލެޓް ފެސްޓު މިއަަހަރުވެސް

Feb 11, 2018

ފާއިތުވި އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެސްޓީއޯ ސުޕަމާރޓް އިން ޗޮކްލެޓް ފެސްޓުގެ ނަމުގައި ޕޮރޮޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ސުޕަމާޓްގައި ކުރިޔަށް ގެންދާ މިޕޮރޮމޯޝަންގައި ތަފާތު ބްރޭންޑްތަކުގެ ޗޮކްލެޓުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. މި ޕޮރޮމޯޝަންގައި ހަމައެކަނި ޗޮކްލެޓް ފެސްޓަށް ހާއްސަކޮށްގެ އަލަށް ނެރޭ އެތަށް ވައްތަރެއްގެ ޗޮކްލެޓް ވެސް ހިމެނެއެވެ.

ފެބުރުއަރީ 11 އިން 17 އަަށް ކުރިއަށް ގެންދާ މި ފެސްޓްގައި މ-/250 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރައްވާ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށްދާނެއެވެ. މިގޮތުން މިލަކީޑްރޯގެ ދަށުން 3 ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ޕޮރޮމޯޝަންގެ ތެރެއިން ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބައްލަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޕްރޮމޯޝަންގެ ތެރެއިން އެކި ގަޑި ތަކުގައި އެފުރުސަތުވެސް ހުޅުވައިލެވިފައިވާނެއެވެ.

މި ޕޮރޮމޯޝަން ކުރިޔަށްދަނީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޗޮކްލެޓު އެތެރެކޮށް ވިއްކާ މިފަހަރުގެ ޗޮކްލެޓް ފެސްޓުގެ ޕާޓްނާސް ކަމުގައިވާ ވީބީ، ޔޫރޯ، ސީންކޯގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމާއިއެއްކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355