twitterviber whatsapp telegramfacebookyoutube instagram
8th June 2025

ދިރާގުގެ ހިއްސާދާރުންނަށް 897 މިލިއަން ރުފިޔާ ބަހަނީ

Feb 13, 2018

މިދިޔަ އަހަރު ދިރާގަށް ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިއަން ރުފިޔާ ހިއްސާދާރުނަންނަށް ބެހުމަށް ނިންމައިފި އެވެ.

އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް ނިންމާފައިވާއިރު މިގޮތަށް ފާސްވެއްޖެނަމަ، ކޮންމެ ހިއްސާ އަކަށް 11.81ރ. ލިބޭނެ އެވެ.

ދިރާގުން ވަނީ މިދިޔަ ހަ އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އާއެކު ޖުމްލަ 4.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެ އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައި ވަނީ، އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 453 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.96ރ.) އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.85ރ.) ކަމަށެވެ.

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކުރާ ބައި ބަހާނީ، އެ ޖަލްސާގައި އިއުލާނު ކުރާ “ބުކް ކްލޯޝާ ޑޭޓް”ގައި ހިއްސާ ގަނެ، އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355