twitterviber whatsapp telegramfacebookyoutube instagram
7th June 2026

މިދިޔަ ޖެނުވަރީ މަހުވެސް މީރާއިން 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި

Feb 17, 2018

ވޭތުވެދިޔަ އަހަރެކޭވެސް އެއްގޮތަށް މި އަހަރުގެ ޖަނަވަރީ 2018 ގައި މީރާއަށް 2.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

ވަރީ މަހަކީ ޓެކުހުގެ މުހިއްމު ސުންގަޑިތަކެއް އަންނަ މަހެކެވެ. އެ ގޮތުން މިދިޔަ ޖަނަވަރީ 28 ވަނަ ދުވަހަކީ 2017 ގެ ފަހު ކުއާޓަރ އަދި ޑިސެންބަރު މަހުގެ ޖީ.އެސް.ޓީ ދެއްކުމުގެ ފަހު ދުވަހެވެ. އަދި ޖަނަވަރީ 31 ވަނަ ދުވަހަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ފަހު ދުވަހެވެ.

ޖަނަވަރީ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ އެވެ. އެއީ %39.8 ނުވަތަ 872.07 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އެވެ. އެއީ %37.9 ނުވަތަ 825.02 މިލިއަން ރުފިޔާއެވެ.

ގްރީން ޓެކްސް 102.52 މިލިއަން ރުފިޔާ (ނުވަތަ %4.7)، ޓޫރިޒަމް ލޭންޑް ރެންޓް 79.37 މިލިއަން ރުފިޔާ (ނުވަތަ %3.6)، ލޭންޑް އެކިއުސިޝަން އެންޑް ކޮންވާޝަން ފީ 69.51 މިލިއަން ރުފިޔާ (ނުވަތަ %3.2) އަދި އެހެނިހެން ޓެކުހާއި ފީ 243.37 މިލިއަން ރުފިޔާ (ނުވަތަ %11.1) ހިމެނެއެވެ.

މިއީ 2018 ވަނަ އަހަރު ޖަނަވަރީގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ %10.7 އިތުރު އަދަދެކެވެ.

2017 ވަނަ އަހަރު ޖަނަވަރީ މަހުގައި ވެސް މީރާއަށް ވަނީ 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ބަލައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355