twitterviber whatsapp telegramfacebookyoutube instagram
11th November 2026

އުރީދޫގެ މެޖިކް ޕެކްތަކާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް އަދި %100 ބޯނަސް ޑޭޓާ!

Feb 28, 2018

ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި ފަސޭހަ ގެނެސްދޭ، ވަރަށް ތަފާތު ދެ އެޑް-އޮން ތަކެއް އުރީދޫ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ.

މި ޕެކްތަކާއި އެކު އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ކޯލް އަދި 100 ޕަސެންޓް ބޯނަސް ޑޭޓާ ލިބިގެން ދާނެއެވެ.

މިއަދު ތައާރަފްކުރެވުނު މެޖިކް ޕެކްތަކުގެ ތެރޭގައި ހިމެނެނީ:

މެޖިކް އަންލިމިޓެޑް 102

އުރީދޫގެ އަންލިމިޑްޓް ޕޯޓްފޯލިއޯ އަށް އަލަށް އިތުރުކުރެވުނު މެޖިކް އަންލިމިޓެޑް ޕެކް މެދުވެރިކޮށް، އެންމެ 102 ރފ. އަށް، އުރީދޫ ނެޓްވަރކް ތެރޭގައި އެއްވެސް އިތުރު ޗާޖަކާއި ނުލާ ގުޅޭނެއެވެ. މި ޕެކްގެ އެހީގައި، 30 ދުވަހުގެ މުއްދަތަށް، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ބޭނުން ވަރަކަށް ގުޅާލެވޭނެއެވެ.

ޕެކް ހިޔާރުކުރެއްވުމަށް، “102” ޖެއްސެވުމަށް ފަހު 1111 އަށް ފޮނުއްވާ.

މެޖިކް ޑޭޓާ 202

މެޖިކް ޑޭޓާ 202 މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް، 2 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ޓްވިޓަރ ލިބުމުގެ އިތުރުން، %100 ބޯނަސް ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ލިބެއެވެ. މިގޮތުން މެޖިކް ޑޭޓާ 202 މެދުވެރިކޮށް ލިބޭނެ ބޯނަސް ޑޭޓާގެ މިންވަރު، ޕެކް ހިޔާރުކުރުމުގެ ކުރިންވެސް ބަލާލުމަށް، *200*202# އަށް ގުޅާލައްވާށެވެ.

މި ހާއްސަ ޕެކް އާއި އެކު ލިބޭ ޑޭޓާގެ އިތުރުން، 30 ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ އެކްސެސް ޑޭޓާ އަށް ޗާޖް ކުރެވޭނީ، އެމްބީ އަކަށް އެންމެ 0.15 ލާރި އެވެ.

ޕެކް ހިޔާރުކުރެއްވުމަށް، “202” ޖެއްސެވުމަށް ފަހު 5555 އަށް ފޮނުއްވާ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293