twitterviber whatsapp telegramfacebookyoutube instagram
7th June 2026

ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވުމަށް މީރާއިން 10 އަތޮޅަކަށް

Feb 28, 2018

ކުދި ވިޔަފާރިތަކުގެ 2017 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް، މި އަހަރުގެ މާރިޗު މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް 10 އަތޮޅަކަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން މީރާގެ ޓީމުތައް ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަދި ތ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރާނެއެވެ.

މީރާއިން ނެރުނު އިއުލާނުގައިވާގޮތުން މި ދަތުރުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށެވެ. މީގެ އިތުރުން އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

މީރާގެ ޓީމުތައް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.

މީރާގެ ޓީމުތައްވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355