އެސްޓީއޯއިން ޑީސަލްއާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

ޚަދީޖާ އާދަމް - 6 މަސް ކުރިން - 7 މާރޗް 2018



މިއަދުން ފެށިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮ ކުރަން އެސްޓީއޯއިން ނިންމައިފިއެވެ.

މިގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ކުޑަކޮށް ބާޒާރުގައި ލިބެން ހުންނާނެއެވެ.

އަގަށް ގެނައި މި ބަދަލާއެކު މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 10.21 ރުފިޔާއަށެވެ. އަދި ފެޓްރޯލް ލީޓަރެއްގެ 10.11 ރުފިޔާއަށެވެ.

މި އަހަރު ޖެނުއަރީ މަހު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާއިރު އެފަހަރު ވަނީ ޑީސަލް ލީޓަރަކުން 80 ލާރި އަދި ފެޓްރޯލް ލީޓަރަކުން 54 ލާރި ބޮޑުކޮށްފައެވެ.



  1. އައްބޭބެ 6 މަސް ކުރިން
    ކުޅުދުއްފުށީގައި ތެޔޮވިއްކާ އަގު ޖަހާލަދީބަލަ. މިއީ ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ތެޔޮވިއްކާ އެއްރަށޭ.