twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހޮނިހިރު ދުވަހު ހަނދު ދުނިޔެއާ ކައިރިވުމުން ގުދުރަތީ ކާރިޘާއެއް ހިނގާފާނެބާ؟

Mar 17, 2011

ޝަމްސުއްދީން

“ޓެލެސްކޯޕެއް އޮތްނަމަ. އެކަމަކު ފޮޓޯ ނަގަން ވެލިގަނޑަށް ދާންވާނެދޯ” ސްކޫލު ނިންމާފައި ގެޔަށް އައިމަގުމަތީގައި އަހަރެންގެ ގާތް ރަހުމަތްތެރިޔާ ބުނެލިއެވެ. އަހަރެމެން ދައްކަމުން ދިޔައީ އަންނަ ހޮނިހިރު ދުވަހު ހަނދު ދުނިޔެއާ ކައިރިވާ ވާހަކައެވެ. އަދި އެފުރިހަމަ މަންޒަރު ބަލަން ވެލިގަނޑަށް ދާންއަހަރެމެން ނިންމީމެވެ.

މި މާރޗު މަހުގެ 19 ވަނަ ދުވަހު ހަނދު ދުނިޔެއާއި 356,577 ކިލޯމީޓަރަށް ކައިރިވާނެކަމަށް ސައިންޓިސްޓްން ވަނީ ލަފާކޮށްފައެވެ. ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު މިފަހަރަކީ މިއީ އަދި މިހާތަނަށް ހަނދު ދުނިޔެއާއި އެންމެ ކައިރިވާނޭފަހަރެވެ.

1955، 1974، 1992 އަދި 2005 ވަނަ އަހަރުތަކުގައި މިގޮތަށް ހަނދު ދުނިޔެއާއި ކައިރިވި ދުވަސްތަކުގެ ސަބަބުން ދުނިޔެއަށް ވަނީ ގުދުރަތީ ކާރިޘާތައް ކުރިމަތިވެ މޫސުމަށް އެކިއެކިބަދަލުތައް އައިސްފައެވެ.

އެގޮތުން 2005 އަހަރު އެމެރިކާއަށް ކުރިމަތިވި “ކެތެރީނާ” ނަގޫރޯޅިއަކީވެސް ހަނދު ދުނިޔެއާއި ގާތްވުމުގެ ސަބަބުން ކުރިމަތިވި ކަމެއްކަމަށް މަޝްހޫރު ފަލަކީ އިލްމުވެރިއެއް ކަމަށްވާ ރިޗާރޑް ނޯލޭ ހާމަކޮށްފާވެއެވެ. ރިޗާރޑް ނޯލޭ ހާމަކުރާގޮތުގައި މި މަހު 19 ވަނަ ދުވަހު ހަނދު ދުނިޔެއާއި ގާތްވުމުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ސުނާމީ އުފެދުމާއި ފަރުބަދަތައް ގޮވާ އަދި މޫސުމަށާއި އަދި ކަނޑުގެ ދިޔަވަރަށް އަސަރުކުރާނެވެ. އަދި މިއީ ފާއިތުވި 18 އަހަރު ދުވަހުގެ ތެރޭގައި ވެސް ހަނދު ދުނިޔެއާއި ކައިރިވާނެ ކައިރިވުންކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި 11 މާޗް 2011 ވީ ހުކުރު ދުވަހު ޖަޕާނަށް ކުރިމަތިވި ބިންހެލުމަކީ ވެސް މިކަމާ ގުޅުން ހުރި ކަމެއްކަމަށް ވެސް ހާމަކުރެއެވެ.

ނަމަވެސް ނާސާގެ ސައިންޓިސްޓެއް ކަމަށްވާ ޤާރވިން ހާމަކުރާގޮތުގައި ހަނދު ދުނިޔެއާއި ކައިރިވުމަކުން ދުނިޔެއަކަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށާއި އަދި ޖަޕާނަށް އައި ބިންހެލުމާއި ސުނާމީ އަކީ ވެސް މިކަމުގެ ސަބަބުން ކުރިމަތިވި ކަމެއް ނޫން ކަމަށް ހާމަކޮށްފާވެއެވެ.

ސައިންސްވެރިން މިހެން ބުނިކަމުގައިވިޔަސް ހޮނިހިރު ދުވަހުގެ ރޭ ވެލިގަނޑަށްގޮސް ނެގޭ ފޮޓޯއަށް އަރާނީ ނުރައްކާތެރި ސުނާމީ ރާޅެއްގެ ބިރުވެރިކަން ނޫންބާވައޭ ހިތަށް އެބައަރައެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355