twitterviber whatsapp telegramfacebookyoutube instagram
11th September 2026

ޤުރުއާން މުބާރާތާއެކު މަކުނުދޫގެ ވިޔަފާރިތަކަށް ތިޔާގިކަމެއް !

Apr 7, 2018

ހދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ޤުރުއާން މުބާރާތް މިދިޔަ ބުރާސްފަތިދުވަހު ފެށިގެން ދަނީ ކުރިއަށެވެ.

ޤުރުއާން މުބާރާތުގައި އަތޮޅުގެ 11 ރަށަކުން 128 ދަރިވަރުން ވާދަކުރަމުންދާއިރު އެދަރިވަރުންގެ ބެލެނިވެރިންނާ އާއިލީ ފަރާތްތަކުގެ އިތުރުން މުބާރާތާ ގުޅުންހުރި ފަރާތްތަކާ އެކު ރަށުން ބޭރުން 350 އެއްހާ މީހުން ރަށަށްވަނީ އައިސްފައި އެވެ.

ރަށްރަށުގައި ބާއްވާ މިފަދަ މުބާރާތްތަކާއެކު އެންމެ ބޮޑަށް ފައިދާވާ ބަޔަކީ ވިޔަފާރިވެރިންނެވެ. އެގޮތުން މިމުބާރާތުގައިވެސް ރަށުން ބޭރުން ގިނަ އަދަދެއްގެ ބަޔަކު އައުމުން މިރަށުގެ ވިޔަފާރިތައް ވަނީ ރަނގަޅުވެފައި އެވެ.

މަކުނުދޫގައި ހިންގަމުންއަންނަ ފިހާރައެއް، މިދުވަސްކޮޅު ވިޔަފާރިތައް ރަނގަޅު–

މަކުނުދޫގެ ފިހާރަތަކުގެ ސޭޓުން ގާތުގައި މިތިން ދުވަހުގެ ވިޔަފާރި ކިހިނެއްތޯ އަހާލުމުން ބުނެފައިވަނީ ރަނގަޅުކަމަށެވެ. ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ ކުރިއަށްވުރެ ދެ ގުނަ ވިޔަފާރި ރަނގަޅުވެފައިވާ ކަމަށެވެ.

ވާހަކަ ދައްކާލި ހުރިހާ ވިޔަފާރިވެރިންވެސް ބުނެފައިވަނީ ވިޔަފާރިތައް ކުރިއަށްވުރެ މި ތިންދުވަހު ރަނގަޅުކަމަށެވެ. ރެސްޓޯރެންޓްގެ ވިޔަފާރިތަކުގެ އުޅޭ ފަރާތްތަކުންވެސް ބުނެފައިވަނީ ވިޔަފާރި ރަނގަޅުވެފައިވާ ކަމަށެވެ.

މަކުނުދޫގައި 17 ފިހާރަ ހުންނައިރު 3 ކެފޭ ހިންގަމުންދެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293