twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ

Apr 12, 2018

ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ޓެކުހާއި އެކު ފައިދާ ގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 2016 އަހަރަށް ވުރެ 4 ޕަސެންޓް އިތުރު މިންވަރެކެވެ.

އެ ބޭންކުން މިއަދު ނެރުނު މިދިޔަ އަހަރުގެ މާލީ ހިސާބުގައި ވާގޮތުން ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިބިފައިވަނީ 1.02 ބިލިއަން ރުފިޔާ އެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 22 ރުފިޔާގެ މަގުން ބެހުމަށް ޖުމްލަ 118.40 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާއިރު މިދިޔަ އަހަރު ދޫކުރެވުނު އުއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %7 އިން %4.1 އަށް ދަށްކުރެވިފަ އެވެ. އަދި އަލަށް ދޫކުރެވުނު ލޯނުތަކުގެ އަދަދު 4.4 ބިލިއަން ރުފިޔާ އަށް އަރާފައިވާިއރު ކަސްޓަމަރުން ޑިޕޮސިޓްތައް ވަނީ %15 އިތުރުވެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 3 ބްރާންޗާއި 14 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. މީގެ އިތުރުންވެސް ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްތަކުގައި ބޭންކިންގ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުންގެ ޚިދުމަތް އިތުރު ރަށްތަކަކަށް ފުޅާކޮށް، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 191 އިން 230 އަށް އިތުރުކޮށްފަައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355