މިދިޔަ 2017 ވަނަ އަހަރު ކުޅުދުއްފުށީގެ ވިޔަފާރީތަކުން ޓެކުސްގެ ގޮތުގައި 8 މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ދައްކާފައިވެ އެވެ.
އެގޮތުން ހަމައެކަނި ކުޅުދުއްފުށީގެ ވިޔަފާރީތަކުން ޖުމްލަ 8،784،339.38 (އަށް މިލިއަން ހަތް ލައްކަ އަށްޑިހަ ހަތަރުހާސް ތިން ސަތޭކަ ތިރީސް ނުވަ ރުފިޔާ ތިރީސް އަށް ލާރި) ލިބިފައިވާއިރު އެންމެ ގިނަ ރުފިޔާ ލިބިފައިވަނީ ޖީޖީއެސްޓީގެ ގޮތުގައެވެ. ޖީޖީއެސްޓީގެ ގޮތުގައި 6،211،820.00 (ހަ މިލިއަން ދެ ލައްކަ އެގާރަހާސް އަށް ސަތޭކަ ވިހި ރުފިޔާ) ވަނީ ލިބިފައެވެ.
މީގެ އިތުރުން ބީޕީޓީގެ ގޮތުގައި 1،091،501 ރުފިޔާ ލިބިފައިވާއިރު ކޮމްޕެނީތަކުގެ އެނުއަލް ފީގެ ގޮތުގައި 42،000.00 ، ކޮންޕެނީ ރެސްޓްރޭޝަން ފީގެ ގޮތުގައި 1،230.00 އަދި މޮޓޯ ވެހިކަލް ފީ ގެ ގޮތުގައި 451،928.00 ރުފިޔާ ލިބިފައި ވެއެެވެ.
އަދި ޖޫރިމަނާގެ ގޮތުގައި 458،378.75 ރުފިޔާ، ޒަކާތުގެ ގޮތުގައި 526،990.29 ރުފިޔާ، ޞަދަޤާތުގެ ގޮތުގައި 75 ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި 416.34 ރުފިޔާ ވަނީ ލިބިފައެވެ.
މުޅި ހދ އަތޮޅުގައި ރެޖިސްޓްރީ ވެފައިވާ ވިޔަފާރިތަކުން ޖުމްލަ 12،834،272.47 ރުފިޔާ ލިބިފައިވާއިރު އެބައިންވެސް އެންމެ ގިނަ ރުފިޔާ ލިބިފައިވަނީ ޖީޖީއެސްޓީ އިންނެވެ. މުޅި ހދ އަތޮޅުގެ ވިޔަފާރީތަކުން ޖުމްލަ 9،196،171.00 ރުފިޔާ ޖީޖީއެސްޓީގެ ގޮތުގައި ލިބިފައިވާއިރު ބީޕީޓީގެ ގޮތުގަައި 1،299،849.00 ރުފިޔާ ލިބިފައިވެއެވެ. ޓީޖީއެސްޓީގެ ގޮތުގައި 147،970.32 ރުފިޔާ، ޖީއާރުޓީގެ ގޮތުގައި 160،383.42 ރުފިޔާ އަދި ޑަބްލިއުއެޗްޓީގެ ގޮތުގައި 850.00 ރުފިޔާ ލިބިފައިވެއެވެ.
ކޮންޕެނީތަކުގެ އެނުއަލް ފީގެ ގޮތުގައި ހދ އަތޮޅުން 68،000.00 ރުފިޔާ ލިބިފައިވާއިރު، ރެޖިސްޓްރީ ފީ ގެ ގޮތުގައި 7،120.00 ރުފިޔާ، މޮޓޯ ވެހިކަލް ފީގެ ގޮތުގައި 663،576.00 ރުފިޔާ ލިބިފައިވާއިރު ޖޫރިމަނާގެ ގޮތުގައި ވަނީ 566،125.67 ރުފިޔާ ބަލައިގަނެފައި ވެއެވެ.
މީގެ އިތުުރުން ޒަކާތުގެ ގޮތުގައި 724،152.06 ރުފިޔާ ބަލާގަނެފައިވާއިރު ޞަދަގާތުގެ ގޮތުގައި 75 ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ އަހަރު މީރާއަށް ޑޮލަރުގެ ގޮތުގައި 1،565 ޑޮލަރު ލިބިފައިވެއެވެ.