twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހުވަފެނެއް، އުންމީދެއް އެންމެ ފަހުން ބިލާހަކަށް !

Apr 18, 2018

ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ ހަމައެކަނި ރައީސް ޔާމީންގެ ވައުދެއްނޫނެވެ. ކުރީގެ އެހެން ވެރިންވެސް އެހޮސްޕިޓާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާނެކަމަށް ވައުދުވިނަމަވެސް މިއަދާހަމައަށްވެސް އެހުވަފެނުގައި ވަނީ ކުލަޖެއްސޭނެގޮތެއް ނުވެފައިވެ އެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގައި އަޑަށް ބާރުލާފައިވާ ކެނޑިޑޭޓުން ދައްކައި އެއް ވާހަކައަކަށްވެފައި އޮންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލާ ތަރައްގީކުރުމުގެ ވައުދެވެ. ހަމަ އެބީދާއިން ރައީސް ޔާމީންވެސް ކަރަށް ނާރުއަރުއްވާފައިވާ އެންމެ އަޑު ހަރުކޮށް ދެއްކެވިއެއް ވާހަކަފުޅަކީ މިއީ އެވެ. އެއްތަށް ހާސް ރައްޔިތުންނެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުންދާ އެ ހޮސްޕިޓަލުގެ ފެންވަރާމެދު ގިނަ ބަޔަކުވެސް ކޮންމެ ދުވަހަކުވެސް އަންނަނީ އެއްތަށް ޝަކުވާއެއް ކުރަމުންނެވެ. ފެންވަރު ދަށް ޑޮކްޓަރުންގެ ތުހުމަތާއި އެކަށީގެންވާ މެޝިނަރީންސް ނެތުމުގެ ޝަކުވާއަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ދައްކާ ފޫހިވެފައިވާ ވާހަކަތަކެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އެންއައިއައި އާ ހަވާލުކޮށްފި

ކޮންމެ ގޮތަކަށް ކަން ނިމުނުކަމުގައިވިޔަސް ކުޅުދުއްފުށީގައި ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފެހި ސިގްނަލް ކިރިޔާވެސް ލިބިގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައޭ ބުނެވިދާނެ އެވެ. އިންޑިޔާގެ ނޫރުލް އިސްލާމް އެޑިއުކޭޝަން ޓްރަސްޓާއި ދިވެހި ބަޔަކާ ގުޅިގެން އުއްފަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ނޫރުލް އިސްލާމް އިންޓަނޭޝަން (އެންއައިއައި)އަށް ކުޅުދުއްފުށީ ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރެވުނެވެ. ނަމަވެސް އެންމެންނަށް އެނގޭނޭ ފަދައިން އެކުންފުނީގެ ހިއްސާދާރުގެ މެދުގައި އުފެދުނު ހާޖާނުގަނޑުތެރޭގައި އެންމެ ފަހުން ސަރުކާރަށް ހޮސްޕިޓާ ނަގައި އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުނެވެ. ދައްކަ މިއުޅެނީ ބާވެފައިވާ އެވާހަކަތަކެއް ނޫނެވެ. އަސްލު މަޢުލޫގައި ކުރިއަށްދެވޭތޯ ހިނގާށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހެލްތް ސެކްޓަރއަށް ވަނީ އިންގިލާބީ ހެޔޮ ބަދަލުތަކެއް ރާއްޖެއަށް ގެނެސްދީފައިވެ އެވެ. އެކަމަކު އެއީ ހަމައެކަނި މާލެ ސަރަހައްދަށެވެ. އެކަމުން އަތޮޅުތެރޭގައި ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފެއް ވަކި ކުޑައެއް ނުވެ އެވެ. ރައީސް ވައުދުވީ ކުޅުދުއްފުށީ ހޮސްޕިޓާ ޒަމާނީ ފެންވަރަށް ތަރައްގީކުރުން ކަމަށްވާއިރު ދައުރު ނިމިގެންދާއިރުވެސް އެހޮސްޕިޓަލުގެ އެއްވެސް ހިދުމަތެއް ކުރިއަށްވުރެ ރަނގަޅުވެފައިއެއްނެތެވެ. ވިއްޔާވީ ގޯހެވެ. ހޮސްޕިޓަލު ތަރައްގީކުރުމަށް ރައީސް ޔާމީން ދިއްލި ހުޅުކޮޅު ނިވި މިހާރު އެހުވަފެން މިވަނީ ބިލާހަކަށްވެފަ އެވެ.

މަތީ ފެންވަރުގެ ސިއްހީ ނިޒާމުގެ އާ މަންޒިލް! ކުޅުދުއްފުށި!

ދައުުރު ނިމެން މިހާރު މަދު މަސްކޮޅަކަށްވެފައިވާއިރު ސަރުކާރަށް ދެން ކުޅުދުއްފުށީ ހޮސްޕިޓަލޭ ކިޔާގެން ވޯޓް ހޯދޭކަށެއްނެތެވެ. މާ ބޮޑަށްވެސް ވަގުތު ކުޑަތަންވެއްޖެ އެވެ. މަނިކުފާނުގެ މި ވައުދާމެދު ރައްޔިތުން ކުރި އުންމީދު ނިވި މާޔޫސްވެއްޖެ އެެވެ. އަނެއްކާވެސް އިންތިހާބު ބޯމަތިވަމުންއަންނަ މިދަނޑިވަޅުގައި މިކަންކަމާމެދު ރައްޔިތުން ވިސްނާނެކަމާމެދު ޝައްކެއް ނުކުރަމެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ އަލުން ނިމްސްއަށް ދޭން 99 އިންސަތަ މުވައްޒަފުން ދެކޮޅު !

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355