ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި

ޚަދީޖާ އާދަމް - 4 މަސް ކުރިން - 2 މެއި 2018


ކުޅުދުއްފުށިގައި ހުންނަ އެސްޓީއޯ ފިހާރަ--

ރޯދައާއި ދިމާކޮށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި އެވެ.

އެގޮތުން ފިޔާ ބަސްތާއެއް 170 ރުފިޔާއަށް ވިއްކާއިރު އަލުވި ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާ އަށެވެ. މިދިޔަ އަހަރާއި އަޅާ ބާލާއިރު ބިހުގެ އަގު ވަނީ ބޮޑުވެފައެވެ. މި އަހަރު ބިސް ކޭހެއް ވިއްކަނީ 270 އަށެވެ. މިދިޔަ އަހަރު ބިސްވިއްކާފައިވަނީ 220 ށެވެ.

އެސްޓީއޯ މިތަކެތި ވިއްކަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާއެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯއިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހައްޓަން މަސައްކަތް ކުރެ އެވެ.


ގުޅުން ހުރި ލިޔުންތައް