twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބެޓެރީ ވެހިކަލުތަކަށް ހާއްސަ – “ބެސްޓް ބަޑީ”ގެ ޝޯ ރޫމެއް ކުޅުދުއްފުށީގައި ހުޅުވައިފި

May 7, 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރަށުޕިކަޕްގެ ވިޔަފާރިކުރަމުންދާ “ބެސްޓް ބަޑީ” ގެ ޝޯރޫމެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މި ފިހާރައިން ތަފާތު ވައްތަރުގެ ބެޓަރީ ވެހިކަލްތައް ލިބެން ހުރިއިރު ރަށުޕިކަޕްގެ ތަފާތު ސައިޒްތަކާއި، ބެޓަރީ ބައިސްކަލް، ބެޓަރީ ސައިކަލް، އައިލެންޑް ބަގީ، މޮޓޯ ސައިކަލް އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބައިސްކަލް ލިބެން އެބަހުއްޓެވެ.

ބެސްޓް ބަޑީގެ އޯނަރު އިބުރާހިމް ރަޝީދު ވިދާޅުވީގޮތުގައި ބެޓަރީ ވެހިކަލްތައް އަތްފޯރާ ފަށުގައި ޝޯ ރޫމުން ލިބެން ހުންނާނެކަމަށެވެ. ބެޓަރީ ވެހިކަލުތަކުގެ އިތުރުން، އިތުރު ތަފާތު އެހެން މުދާވެސް މިތަނުން ލިބެން ހުންނާނެ އެވެ. އަދި ޕްރީ އޯޑަރ ދެއްވުމުން ކަސްޓަމަރ ބޭނުންވާ ކޮންމެ މުދަލެއްވެސް ގެނެސްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ގޭތެރެެއަށް ބޭނުންވާ ބެޑްރޫމް ސެޓާއި، ސޯފާސެޓް، އަދި މިނޫންވެސް ކަސްޓަމަރ ބޭނުންވާ ކޮންމެ މުދަލެއް ޕްރީ އޯޑަރ ދެއްވާތާ 45 ދުވަސްތެރޭ ކަސްޓަމަރ އާއި ހަމައަށް އިތުބާރާއި ޔަޤީންކަމާއެކު ފޯރުކޮށްދޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.

ބެސްޓް ބަޑީ ޝޯރޫމް ކުޅުދުއްފުށީގައި ހުރިކަމުގައިވިޔަސް ކުޅުދުއްފުށިން މާލެއާއި ހަމައަށް ފުރީ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އަދި ހއ.ހދ.އަދި ށ އަތޮޅުގެ ރަށްރަށަށް ފެރީނިިޒާމުގެ ތެރެއިން ފުރީ ޑެލިވަރީ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ރަޝީދު ފާހަގަކުރެއްވިއެވެ.

ބެސްޓް ބަޑީގެ ވިޔަފާރިތަކުން ބައެއް ސްކޫލުތަކަށް ތަފާތުއެކި އެހީތެރިކަން ފޯރުކޮށްދީފައިވާކަންެވެސް ފާހަގަކުރެވެ އެވެ. މި ޝޯ ރޫމް ހުންނަނީ އަމީނީމަގު، އިސްލާމިކް ބޭންކްގެ ކުރިމަތީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355