އޭޑީކޭ ނޮދަން ޑިސްޓިބިއުޝަން ސެންޓަރުގެ ތިން ވަޒީފާއަކަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން - 8 މަސް ކުރިން - 7 މެއި 2018އޭޑީކޭ ނޯތު ޑިސްޓިބިއުޝަން ސެންޓަރުގެ ތިން ވަޒީފާއަކަށް ހުޅުވާލައިފި އެވެ.

އެގޮތުން އިއުލާން ކޮށްފައިވާ ތިން މަގާމަކީ ކޭޝިޔަރަކާއި ޑްރައިވަރ އަދި ޑެލިވަރީ ކްރޫއަށެވެ.

ޑެލިވަރީ އޮފިސަރ ގެ މަގާމަށް ކުރިމަތިލާން ފަރާތްތަކުން އޯލެވެލް ހަދާފައިވުމާއެކު ދިވެހި އަދި އިގިރޭސިން ވާހަކަ ދައްކަން އެގެން ވާނެ އެެވެ. އަދި މި ދާއިރާގައި މަސައްކަތް ކޮށްފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ކޭޝިޔަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އޯލެވަލް ހަދާފައިވުމާއެކު ދިވެހި އަދި އިނގިރޭސިން ވާހަކަދައްކަން އެންގެންވާނެ އެވެ. އަދި ގިނަ ވަގުތު މަސައްކަތްކުރެވޭނެ ދުޅަހެޔޮ ސިއްހަތެއްކަމުގައިވާންވާނެ އެވެ.

ޑްރައިވަރު އޯލެވެލް ހަދާފައިވުމާއެކު ދިވެހި އަދި އިނގިރޭސިން ވާހަކަ އެންގެންވާނެ އެެވެ. އަދި އަދި މި ދާއިރާގައި މަސައްކަތް ކޮށްފައި ތިބި މީހުންނަށް އިސްކަންދެވޭނެ ކަމަށާއި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް (ސީ1، ސީ2 ނުވަތަ މަތިން) އޮންނަން ވާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިމަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމެއި މަހުގެ 14 ވަނަ ދުވަހުގެ 12:30 ހަމައަށް އެބައޮތެވެ. ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑްގެ ކޮޕީ އާއި ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ނޮދަން ޑިސްޓިބިއުޝަން ސެންޓަރަށް ހުށަހެޅޭނެ އެެވެ.


ގުޅުން ހުރި ލިޔުންތައް  1. އީސަ 8 މަސް ކުރިން
    ތީ ވަރަށް މުސާރަ ކުޑަ ތަނެއް. ތިތާ މީހުން ހަރުނުލަނީވެސް އެހެންވެ. ތިޔަތަނަށް ނުވަންނާތި ނަމަނަމަ.