އެސްޓީއޯއިން ޑީސަލް އާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

ޚަދީޖާ އާދަމް - 9 މަސް ކުރިން - 8 މެއި 2018ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯއިން ބޮޑުކުރަން ނިންމައިފިއެވެ.

މިގޮތުން 07 މެއި 2018 އިން ފެށިގެން ޑީސަލް ލީޓަރަކުން 31 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑުވާނެއެވެ.

އެގޮތުން މިހާރު ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 10.72 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.42 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެން ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މި އަހަރު މާރޗް މަހުގެތެރޭގަ އެވެ. އެފަހަރު ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ވަނީ ކުޑަކޮށްފަ އެވެ.


ގުޅުން ހުރި ލިޔުންތައް  1. ސައީދުބެ 9 މަސް ކުރިން
    ކުޅުދުައފޫށީ އެސްޓީއޯ ނުހިންގަނީ އެހެންވިޔަފާރިވެރިންނައް ފައިދާއަކައް ރިސްފަތުނަގައިގެންތޯ