ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ޝީޝާ އިން ކުރިއަށްގެންދާ ސައިކަލް ތާސްޓްގެ މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު ފަށައިފި އެވެ. މިއީ މި ޕްރޮމޯޝަން ކުރިއަށްގެންދާތާ ފަސްވަނަ އަހަރެވެ.
ޝީޝާ އިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާ ކޮންމެ ސައިކަލަކުން ގާތްގަނޑަކަށް 5000 ރުފިޔާ އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށާއި އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ސައިކަލް ނަގާ ފަރާާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
ރޯދައަށް ހާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ހުރިހާ ސައިކަލަކުން ވަރަށް ހާއްސަ ޑިސްކައުންޓް ލިބިގެންދާނެ އެވެ. ބޮޑެތި ޑިސްކައުންޓްތައް ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫންމަހުގެ ނިޔަލަށެވެ.
ކުޅުދުއްފުށީގައި ހުންނަ ޝީޝާ އައުޓްލެޓް–
މާލޭގެ އިތުރުން ޝީޝާގެ އައުޓްލެޓްތައް ހުންނަ ކުޅުދުއްފުއްޓާއި އައްޑޫ، އަދި ހުޅުމާލޭގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާއިރު މި ޕްރޮމޯޝަންގެ ތެެރެއިން ބައެއް ސެލެކްޓެޑް ސައިކަލުތަކުން ޑައުންމޭންޓަަށް އެއްވެސް ފައިސާއެއް ނުދައްކާ ގޮތަށް ސައިކަލް ނެގޭނެކަމަށް ޝީޝާ އިން ބުނެ އެވެ.
އެ ސައިކަލްތަކުގެ ޑައުންޕޭމަންޓަށް އެ ސައިކަލުގެ އަގުގެ 10 ޕަސެންޓް ދައްކާ ފަރާތްތަކަށް އިންސްޓޯލްމެންޓް ޗާޖު ވަނީ ވަރަށް ކުޑަކޮށްފަ އެވެ. އެގޮތުން އެ ފަރާތްތަކަށް އިންސްޓޯލްމެންޓް ޗާޖަކީ އެންމެ %1 އެވެ.
މި ޕްރޮމޯޝަންގައި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި އެމްއެފްއެލްސީގެ ދަށުން ސައިކަލް ނަގާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެކަމަށް ޝީޝާ އިން މައުލޫމާތުދެ އެވެ.
ކުޅުދުއްފުށީގައި ހުންނަ ޝީޝާ އައުޓްލެޓް–
ކުޅުދުއްފުށީގައި ޝީޝާގެ އައުޓްލެޓް ހުންނަނީ އަމީނީމަގު، ހަސަނާތު މިސްކިތް ކުރިމަތީގައި އެވެ.
ޝީޝާއަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ ސައިކަލު އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.
.