އުރީދޫ އާއި ވާވޭ އާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ހަފްލާގައި، ވާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ވާވޭ ޕީ20 ސީރީސްގެ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަގްބޫލުކަން ހޯދަމުންދާ ވާވޭ ޕީ20 އަދި ޕީ20 ޕްރޯ ބައްލަވައިގަތުމަށް، އުރީދޫ އިން ވަނީ ވަރަށް ޚާއްޞަ ޕެކޭޖްތަކެއްވެސް ތައާރަފް ކޮށްފައެވެ.
ވާވޭގެ ޕީ20 ޕްރޯ ތައާރަފްކޮށްފައިވަނީ ދުނިޔޭގެ ފުރަތަމަ ލެއިކާ ޓްރިޕަލް ކެމެރާ ހިމަނައިގެންނެވެ. މިގޮތުން، ސްމާޓްފޯން އިންޑަސްޓްރީގައި ކުރިން ފެނިފައިނުވާ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަކާއި އެކު، ޕީ20 ސީރީސްގެ ދެ ފޯނުންވެސް ވަރަށް ފުރިހަމަ ތަޖުރިބާތަކެއް ކުރެވޭނެއެވެ. މި ސްމާޓްފޯން ސީރީޒް އާއި އެކު، ކޮންމެ ބޭފުޅަކަށްވެސް، ޕްރޮފެޝެނަލް ކޮލިޓީގެ ފޮޓޯ ނެގުން ވަރަށް ފަސޭހަކަމަކަށް ވެގެންދެއެވެ.
ސްޕެސިފިކޭޝަންތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އުރީދޫއިން ހާމަކުރަނީ
ޕީ20 ޕްރޯގައި ލެއިކާ ޓްރިޕަލް ކެމެރާ އާއި x5 ހައިބްރިޑް ޒޫމް، އަދި ޕީ20 ގައި ލެއިކާ ޑުއަލް ކެމެރާ ހިމެނިފައިވާއިރު، މި ސީރީޒްގެ ފޯނުތަކުގެ އެޑްވާންސް ކެމެރާ ސިސްޓަމް މެދުވެރިކޮށް ޕްރޮފެޝަނަލް ފެންވަރުގައި ވަރަށް ފުރިހަމަކޮށް ފޮޓޯ ނެގޭނެއެވެ.
އުފެއްދުންތެރި ފޮޓޯގްރަފީ ފީޗަރސް ތެރޭގައި، އޭ.އައި މެދުވެރިކޮށް ޕްރޮފެޝަނަލް ފޮޓޯ ނަގަން ބޭނުންކުރާ މާސްޓާ އޭ.އައި އާއި، އޭ.އައި މެދުވެރިކޮށް ފޮޓޯ އިމޭޖްތައް ސްޓޭބަލް ކުރާ ވާވޭ އޭ.އައި.އެސް (އާޓިފިޝަލް އިންޓެލިޖެންސް އިމޭޖް ސްޓޭބަލައިޒޭޝަން) ހިމެނޭނެވެ.
ވަރަށް ރީތީ ގްރޭޑިއަންޓް ކުލަތަކެއް ހިމެނޭ، މުޅިން އައު އަދި ވަރަށް ތަފާތު ޑިޒައިންތަކެއް ވާވޭ އިން ވަނީ ތައާރަފްކޮށްފައެވެ.
އެން.ޕީ.ޔޫ ހިމެނޭ ކިރިން 970 ޕްރޮސެސަރ އަދި އެންޑްރޮއިޑް 8.1 ގައި އީ.އެމް.ޔޫ.އައި 8.1 ޔޫސާ އިންޓަފޭސް މެދުވެރިކޮށް ވާވޭގެ ޕީ20 ފޯނުތަކުން ލިބޭ ތަޖުރިބާ އަށް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ހޯދާފައެވެ.
މަންތްލީ އިންސްޓޯލްމަންޓް ޕްލޭން
މަހަކު އެންމެ 825 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ޕީ20 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ.
މި ޕްލޭން އަކީ އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ޕްލޭންއެކެވެ.
އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ ޕެކޭޖާއި އެކު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ވަރަށް ފަސޭހަކަމާއި އެކު، ވަރަށް ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭނެއެވެ. އަދި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
ފުލް ޕޭމަންޓް ޕްލޭން އަދި އިންސްޓޯލްމަންޓް ޕްލޭން ހިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 3 ޖީބީގެ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.