އުރީދޫގެ ޓެކްސްޓް އަ ކޮފީއަށް ތަފާތު ބަދަލުތަކެއް!

ޚަދީޖާ އާދަމް - 4 މަސް ކުރިން - 4 ޖޫން 2018



އުރީދޫގެ މަގްބޫލު “ޓެކްސްޓް އަ ކޮފީ” ގެ ހިދުމަތް ވަރަށް ތަފާތު ބަދަލުތަކާއި އެކު ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީފިއެވެ.

މިގޮތުން، މިހާރު އުރީދޫ ކަސްޓަމަރުންނަށް، މައި އުރީދޫ އެޕް ނުވަތަ ޓެކްސް އަ ކޮފީގެ އައު ވެބް ޕޯޓަލް މެދުވެރިކޮށް، ރާއްޖޭގެ މައްޝޫރު ބްރޭންޑްތަކުގެ އެންމެ މީރު އުފެއްދުންތައް ހަދިޔާކޮށްލެވޭނެއެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ އެހެން ގައުމުތަކާއި ޚިލާފަށް، “ކޮފީއަކަށް ދިއުން” ރާއްޖޭގައި މާނަކުރެވެނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި އެއީ ކޮންމެވެސް އެއްޗެއް ކެއުމަށް ނުވަތަ ބުއިމުގެ ބަހަނާގައި އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވެލުން ކަމަށެވެ. މިގޮތުން އުރީދޫގެ ޓެކްސްޓް އަ ކޮފީ ވެސް މި ފޯރުކޮށްދެނީ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކޮށްލަން ވަރަށްވެސް ތަފާތު ފުރުސަތެއް ކަމަށާއި މި އުފެއްދުންތެރި އަދި ބޭނުންކުރަން މަޖާ ހިދުމަތް މެދުވެރިކޮށް ކޮފީ އެއް ކާއެއްޗެއް ނުވަތަ އައިސްކްރީމް އެއްވެސް ހަދިޔާކޮށްލެވޭނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސްޓް އަ ކޮފީ އަކީ ކުރިންވެސް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު އެޕެއްކަން ނިޔާޒް ފާހަގަ ކުރެއްވި އެވެ.

މައި އުރީދޫ އެޕް އަދި ޓެކްސްޓް އަ ކޮފީ ގެ ޕޯޓަލް (ore.do/txtcofy) މެދުވެރިކޮށް، މިހާރު އުރީދޫ ކަސްޓަމަރުންނަށް ގިނަގުނަ ހަދިޔާތައް ފޮނުވޭނެއެވެ. އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި ހިދުމަތަށް މޮބައިލް އެކައުންޓް މެދުވެރިކޮށް ކުރިއާއި އެއްގޮތަށް ވަރަށް ފަސޭހަކަމާއި އެކު ފައިސާ ދެއްކޭނެއެވެ.

އަލަށް ތައާރަފްކޮށްފައިވާ ޓެކްސްޓް އަ ކޮފީ މެނިއުގައި، ކެފޭ ލަޔާ، ދަ ސޭންޑްވިޗް ބާ އަދީ މޫވްއެންޑް ޕިކް ހިމެނިފައިވޭ:

ޓެކްސް އަ ކޮފީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް ހަދިޔާ ކޮށްލެވޭނެއެވެ. ހަދިޔާކޮށްލުމާއި އެކު، ހަދިޔާ ލިބިގެންދާ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް، ހަދިޔާގެ މައުލޫމާތާއި ޓްރާންސެކްޝަން ކޯޑެއް ހިމެނޭ ކޮންފަމޭޝަން މެސެޖެއް ލިބިގެންދާނެއެވެ. މިގޮތުން، ހަދިޔާ ލިބިގަތުމަށް، ކެފޭ ނުވަތަ ރެސްޓޯރަންޓަށް ވަޑައިގަންނަވައި ޓްރާންސެކްޝަން ކޯޑް ހިއްސާކޮށްލައްވާށެވެ.

ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ތަފާތު ހަދިޔާ ފޮނުވޭނެ ގޮތަށް، ކުރިއަށް އޮތްތަނުގައި އުރީދޫގެ ޓެކްސްޓް އަ ކޮފީ މެނިއު އިތުރަށް ފުރިހަމަ ކުރަމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ޓެކްސްޓް އަ ކޮފީ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ވެބްސައިޓް www.ooredoo.mv އަށް ޒިޔާރަތް ކުރަށްވާށެވެ.


ގުޅުން ހުރި ލިޔުންތައް