twitterviber whatsapp telegramfacebookyoutube instagram
24th March 2026

ބީއެމްއެލް ގެ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިފަރާތް ހޮވައިފި

Jun 5, 2018

މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބެންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް މިއަދު ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫ އެވެ. އޭނާ އަށް 50،000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ވަނީ ލުއި ލޯނު ދޫކޮށްފައެވެ.

ރަހުނުގެ ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭ އަދި ގެރެންޓާއެއްވެސް އަދި ކޮޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހޭ މި ލުއި ލޯނުގައި 20،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާއި ހަމަޔަށް ބީއެމްއެލް އިން ދޫކުރަން ހަމަޖެހިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355