twitterviber whatsapp telegramfacebookyoutube instagram
30th August 2026

ކުޅުދުއްފުށީގައި ނެޓްބޯޅަ ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ފަށަނީ

Jun 11, 2018

ކުޑަކުދިންނަށް ނެޓްބޯޅަ ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިޕުރޮގުރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.

ކުޅުދުއްފުށީ ޔޫތް އެން ރެކްރިއޭސަން ކުލަބާއި އެން ސްޕޯޓްސް އެކަޑަމީ ގުޅިގެން ހިންގާ މި ތަމްރީން ޕުރޮގުރާމް ގައި ބައިވެރިވެވޭނީ އުމުރުން 6 އާއި 16 އަހަރާއި ދެމެދު ކުދިންނަށެވެ.

މިޕުރޮގުރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހަފުތާ އަކު 3 ދުވަހު އެވެ. ޕުރޮގުރާމްގައި ކިޔަވާދޭނީ ކަމުގެ ތަޖުރިބާ ލިބިފައިވާ ކޯޗުންނެވެ.

ޕުރޮގުރާމް ގައި ބައިވެރިވާން ބޭނުންވާ ފަރާތް ތަކުން 7907699 / 9509577 ނަންބަރަށް މެސެޖް ކުރުމަށް ޕުރޮގުރާމް ހިންގާފަރާތުން އެދެއެވެ. މި ޕުރޮގުރާމްގެ މަހު ފީ އެއްގެ ގޮތުގައި ކޮންމެ ކުއްޖެގެ އަތުން 200 ރ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355