twitterviber whatsapp telegramfacebookyoutube instagram
24th March 2026

މޭ މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގެންފި

Jun 10, 2018

މޭ 2018 ގައި މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

މޭ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %58.2 ނުވަތަ 610.43 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކުހުންނެވެ. އެއީ %9.4 ނުވަތަ 98.71 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި %6.1 ނުވަތަ 64.16 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި (57.64 މިލިއަން ރުފިޔާ ނުވަތަ %5.5)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި (57.34 މިލިއަން ރުފިޔާ ނުވަތަ %5.5) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި (161.24 މިލިއަން ރުފިޔާ ނުވަތަ %15.4) ހިމެނެއެވެ.

މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %10.6 އިތުރު އަދަދެކެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.6 ދަށް އަދަދެކެވެ.

އަންދާޒާކުރި އަދަދަށްވުރެ %10.6 އިތުރަށް އާމްދަނީ ލިބިފައިވަނީ މި މަހުގެ ތެރޭގައި ބައެއް ބޭންކްތަކުން ސުންގަޑީގެ ކުރިއަށް ބޭންކް ޕްރޮފިޓް ޓެކްސް ދައްކާފައިވުމުންނެވެ. ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ 31 ޖުލައި 2018 އެވެ.

މޭ 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.22 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355