twitterviber whatsapp telegramfacebookyoutube instagram
10th September 2026

ކޮކާކޯލާއިން ވޯލްޑްކަޕަށް ފޮނުވާ ފުރަތަމަ ދިވެހި ބެޗް ރަޝިޔާއަށް ފުރައިފި

Jun 21, 2018

ދިވެހިންނަށް ވޯލްޑް ކަޕް މެޗެއް ބަލާލަން ދިއުމަށް ކޮކާކޯލާއިން ހުޅުވާލި ފުރުސަތުގައި ހޮވުނު މީހުންގެ ތެރެއިން ފުރަތަމަ ބެޗްގައި ހިމެނޭ 10 މީހުން ރަޝިޔާއަށް ދާން ފުރައިފި އެވެ.

ފުރަތަމަ ބެޗް އިއްޔެ ރަޝިޔާއަށް ދާން ފުރިއިރު ކޮކޯލާ މަތިގަނޑު އެތެރޭގައިވާ ނަންބަރު އެސްއެމްއެސް ކޮށްގެން، ވޯލްޑްކަޕު މެޗެއް ބަލާލަށް ދިއުމުގެ ފުރުސަތު ކޮކާލޯއިން ދީފައި ވަނީ 30 މީހުންނަށެވެ.

ކޮކާކޯލާގެ ދެ ވަނަ ބެޗު މިމަހު 30 ވަނަ ދުވަހު ރާއްޖެއިން ފުރާނެ އެވެ. އެ ބެޗުގައި ހިމެނޭނީ 20 މީހުންނެވެ. އެ ބެޗަށް ފުރުސަތު ލިބޭނީ ދެ ވަނަ ބުރުގެ މެޗެއް ބަލާލުމުގެ ފުރުސަތެވެ.

ފުރަތަމަ ބެޗް ގައި ހިމެނޭ މީހުން ދާނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ. މޮސްކޯގެ އެންމެ މަޝްހޫރު ކުލަބު ސްޕާޓަކް މޮސްކޯގެ އޮކްރިޓީއީ އެރީނާގައި، މި އަންނަ ހޮނިހިރު ދުވަހު، ގުރޫޕް ޖީ ގައި ބެލްޖިއަމް އާއި ޓިޔުނީޝިއާ ބައްދަލު ކުރާ މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޮކޯލާއިން ވޯލްޑްކަޕަށް ފޮނުވާ 30 ދިވެހިންގެ ދަތުރުގެ ހަރަދާއި ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާނީ އެ ކުންފުނިންނެވެ. މި ދަތުރުގައި މޮސްކޯގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް އެ ކުންފުނިން ދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293