ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުން 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ބީ.ޕީ.ޓީގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަކީ 1 ޖުލައި 2018 ކަމަށް މީރާ އިން ނިންމައިފިއެވެ.
އަމިއްލަ ފަރުދުންގެ ތެރެއިން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެ ފަރާތަކަށް 2017 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީ 1،000،000 (އެއް މިލިއަން) ރުފިޔާއަށް އެރުةعން، ނުވަތަ 2017 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށް އެރުން، މި ދެ ސަރުތުން ކުރެ ސަރުތެއް ހަމަވާނަމަ، ނުވަތަ 2016 ވަނަ އަހަރު އެ ފަރާތުން ބީ.ޕީ.ޓީ ބަޔާނެއް ހުށަހަޅައިފައިވާނަމަ ނުވަތަ ހުށަހަޅަންޖެހުނު ކަމަށް ވާނަމައެވެ. ނަމަވެސް ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރިނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް، އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ނަމަވެސް ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި، ޕާރޓްނަރޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރާކަށް ނުޖެހޭނެއެވެ.
ބީ.ޕީ.ޓީ ބަޔާން ހުށަހަޅާ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން 1 ޖޫން 2018ގެ ފަހުން ހުށަހަޅާ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށެވެ. އަދި ބަޔާން ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް ހުށަހަޅަން ޖެހޭނީ ބީ.ޕީ.ޓީ ބަޔާނުގެ ވަރޝަން 18.1 އެވެ.