twitterviber whatsapp telegramfacebookyoutube instagram
18th April 2024

އެސްޓީއޯއިން ދެ ކޮޅުވެއްޓި ރާއްޖެ ގެނެސް, އޮޕަރޭޝަންތައް ފަށައިފި

Jul 4, 2018

ސްޓޭޓް ޓުރެއިނިންގ އޯރގަނައިޒޭޝަން ( އެސްޓީއޯ ) ގެ އައު ދެ ކޮޅުވެއްޓި ގެނެސް، އޮޕަރޭޝަން ރަސްމީކޮށް ފަށައިފި އެވެ.

އެސްޓީއޯއިން ގެނައި 2 ކޮޅުވެއްޓިއަށް ދީފައިވާ ނަަމަކީ ” އިތާ ” އާއި ” އައިލާ ” އެވެ. “އިތާ” އަކީ 250 މެޓްރިކް ޓަނުގެ 42.10 މީޓަރުގެ ދިގުމިނުގެ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 5000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އަދި 200 މެޓްރިކް ޓަނުގެ 37.50 މީޓަރުގެ ދިގުމިނުގެ “އައިލަ” ނަންދެވިފައިވާ ކޮޅުވެއްޓީގައި 4000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށްވެސް އެސްޓީއޯ އިން ހާމަކުރެއެވެ.

މި ދެ ކޮޅުވެއްޓީގެ އޮޕަރޭޝަން ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ މި ދެކޮޅުވެއްޓީގެ ސަބަބުން އެސްޓީއޯ އިން އެހެންބަޔަކަށް ބަރޯސާނުވެ އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްސް ތަކަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި އުޅަނދު ތަކަކީ ބަރާބަރަށް މެއިންޓެއިން ކުރެވި އައި.އެސް.އޯ މިންގަނޑަށް އޮޕަރޭޓް ކުރެވޭނެ އުޅަނދު ތަކެއް ކަން ޝަހީރު ވިދާޅުވި އެވެ.

އަދި މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ ކޮންމެ އަހަރަކު ލަކުޑި އުޅަނދު ކުއްޔަށް ހިފުމަށާއި ބެލެހެއްޓުމަށް ވަރަށް ބޮޑުހަރަދެއް ހިނގާ ކަމަށާއި އިންޑޮނޭޝިއާ އިން މި އެތެރެ ކުރި ދެ ކޮޅުވެއްޓީގެ ސަބަބުން މިހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ޑެމަރޭޖްގެ ގޮތުގައި އެސްޓީއޯއިން ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވާނެ ކަންވެސް ވާހިދު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355