twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކީޓޯގެ ބަދަލުގައި 16:8 ޑައެޓް ކިހިނެތް ވާނެ؟

Jul 8, 2018

ކީޓޯ ޑައެޓް ނުވަތަ ކެޓޮޖެނިކް ޑައެޓަކީ ގިނަ ބަޔަކު އަވަހަށް ބަރުދަން ލުއި ކުރުމަށް މިހާރު އާންމުކޮށް ބޭނުން ކުރާ ޑައެޓް ޕްލޭން އެކެވެ. އެހެންނަމަވެސް ކީޓޯއަށް ވުރެ 16:8 މާ އެފެކްޓިވް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

16:8 އެއީ ކޯޗެއް؟ 16:8 ޑައެޓުގައި 8 ގަޑިއިރު ކެއުމަށްފަހު އަނެއް 16 ގަޑިއިރު ހުންނަށް ޖެހޭނީ ނުކައެވެ. މުޅި 24 ގަޑިއިރަށް ބަހާލައިގެން އެމީހަކު ބޭނުންވާ ވަގުތަކަށް 6 ގަޑިއިރު ލެވިދާނެ އެވެ. އެހެންނަމަވެސް އެންމެ ރަގަޅު ވަގުތަކީ ހެނދުނު 10 ން ހަވީރު 6 ދެމެދު ކެއުމެވެ. އަދި ބާކީ އިންނަ 16 ގަޑިިއިރު ނުކައި ހުރުމެވެ.

ނުކައި ހުުރުން މިތާގައި މާނަ ކުރެވެނީ އެއްވެސް އެޗެއްނުކައި ހުރުމަށެވެ. އެހެންނަމަވެސް ކެފެއިން އެކުލެވޭ ބުއިމެއް ބޭނުން ކުރެވިދާނެ އެވެ. މިސާލަކަށް ސައި، ނުވަތަ ކޮފީއެއް ބޮވިދާނެއެވެ. އެހެންނަމަވެސް ނިދާ ގަޑި ކައިރިކޮށްފައި ކެފެއިން ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.

ކެއުމަށް އިންނަ 6 ގަޑިއިރު ތެރޭ ނެގުން އެންމެ އެދެވިގެން ވަނީ 2 ނާސްތާއެވެ. ތިމާ ބޭނުންވާ ކޮންމެ އެއްޗެއް ކައިގެން ފަހަރުގައި ޑައެޓް ކުރުމުން ނުކުންނަން ބޭނުންވާ ވަރުގެ ނަތީޖާއެއް ނުނިކުމެދާނެއެވެ. އެހެންކަމުން ސިއްހަތަށް ފައިދާހުރި ތަރުކާރި ހިމެނޭ 2 ނާސްތާ ނަގާށެވެ. އިތުރަށް ބަނޑުހައި ވާނަމަ މޭވާ ނުވަތަ ނަޓްސް ކަހަލަ އެއްޗެއް ކެވިދާނެއެވެ.

މި ޑައެޓް ފެށުމުން ތިމާ ހަށިގަނޑުން ކެޓޮސިސް ލެވެލް މަތިވެއެވެ. އެހެންކަމުން ތިމާގެ ހަށިގަނޑުގައި ހުންނަ ސަރުބީތަކުން ހަކަތަ އަންދާލައެވެ. ކީޓޯ ޑައެޓަކީވެސް ކާބްސް ލިބޭ ބާވަތްތައް ވަރަށް މަދުން ބޭނުން ކުރާ ޓައެޑެއްކަމުުން 16:8 ވެސް ކީޓޯއިން ދަށް ވާވަރަށް ބަރުދަން ދަށްވެއެވެ. އަދި މި ޑައެޓުން ހަށިގަނޑުން ކެލޮރީސް ވެސް ދަށް ކޮށްދެއެވެ.

ކޮންމެ މީހަކަށް ވެސް 16:8 ޑައެޓް ކުރެވިދާނެ އެވެ. އެހެންނަމަވެސް މާ ވަރުބަލިވެ ބޮލުގައި ރިހޭ ގޮތްވާނަމަ މިއީ އަދި ތިމާއަށް އެންމެ ރަނގަޅު ޑައެޓެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355