twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެސްޓީއޯ މުވައްޒަފުންނަށް “ހިޔާ ސްކީމް” ތައާރަފްކޮށްފި

Jul 10, 2018

ހިޔާ މަޝްރޫއުއަކީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ލުއިފަސޭހަކަމާއިއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައި ރައީސް އަބްދުﷲ ޔާމިން ގެ އިސްނެގުމުގެ މަތިން އިފްތިތާހުކުރެވުނު މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 2018 ފެބްރުއަރީ 26 ވަނަދުވަހު އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރެވޭ 02 ޓަވަރުގެ ބިންގާ ވަނީ އަޅާފައިއެވެ. އަދި މިހާރު މިޓަވަރުތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، 2018 ޖުލައި 09 ވަނަ ދުވަހު “ހިޔާ ސްކީމް” ތައާރަފްކުރެވި، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިޓަވަރުތަކުގައި އެސްޓީއޯ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ 304 އެޕާރޓްމަންޓްވާއިރު މީގެތެރޭގައި 1 ކޮޓަރީގެ 68 އެޕާރޓްމަންޓާއި، 2 ކޮޓަރީގެ 36 އެޕާރޓްމަންޓާއި، 2+1 ކޮޓަރީގެ 144 އެޕާރޓްމަންޓް އަދި 2+1 ޕްރިމިއަމް ގެ 56 އެޕާރޓްމަންޓް ހިމެނެއެވެ.

މި ފްލެޓްތަކުގެ އެސްޓިމޭޓް އަގުތަކަކީ 01 ކޮޓަރީގެ އެޕާރޓްމަންޓެއް 971,460 ރުފިޔާ ، 02 ކޮޓަރީގެ އެޕާރޓްމަންޓް: 1,375,200 ރުފިޔާ، 02+1 ކޮޓަރީގެ އެޕާރޓްމަންޓް 1,598,400ރުފިޔާ އަދި 02+1 ޕްރިމިއަމް އެޕާރޓްމަންޓް : 1,795,200 ރުފިޔާއަށެވެ. މި އަގުތަކަށް ބަދަލު އައި ކަމުގައި ވީނަމަވެސް 5% އަށް ވުރެ ބޮޑު ބަދަލެއް ނާންނާނެކަމުގައި އެސްޓީއޯގެ މެނޭޖްމަންޓުން ޔަގީންކަންދެއެވެ. މި ސްކީމަށް ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި ތަފާތު 04 ފައިނޭންސިންގ އޮޕްޝަން ތައާރަފްކުރެވިފައިވެއެވެ.

ހިޔާ ސްކީމް އިފްތިތާހްކޮށްދެއްވާފައިވަނީ ނެޝަނަލް އާރޓް ގެލެރީގައި އެސްޓީއޯގެ މުވައްޒަފުންނަށް އެކަމަށް ހާއްސަކުރެވިގެން ބޭއްވި ހަފްލާގައި އެސްޓީއޯގެ ޗެއަރމަން ހުސައިން ސާލިމް މުހައްމަދެވެ. ހިޔާ ސްކީމަށް ފޯމު ހުށަހެޅުމަށް 2018 ޖުލައި 10 ވަނަ ދުވަހުން ފެށިގެން 02 ހަފްތާގެ މުއްދަތެއް ދެވިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355