twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަކުރު ބަލީގެ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާރ ބްރޭންޑެއް އެސްޓީއޯއިން ތައާރަފްކޮށްފި

Jul 25, 2018

ހަކުރު ބަލިހުންނަ މީހުންނަށް ހާއްސަ ޑައިބެޓީސް ސުވީޓްނާއި ބްރޭންޑެއް އެސްޓީއޯ ސުޕަރމާޓް އިން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ހަކުރު ބަލި ހުންނަ ބޭފުޅުންނަށްވެސް ބޭނުންކުރެވޭ، ސިއްހަތަށް ފައިދާ ހުރި، އިންޑިއާގެ އެއްވަނަ ސުވީޓްނާ ބްރޭންޑް ކަމައްވާ “ޝުގާރފްރީ” އެސްޓީއޯ ސުޕަރމާޓްއިން ހާއްސަ އަގުތަކެއްގައި ތައާރަފްކޮށްފައިވާއިރު އިންޑިޔާގެ “ޒީދަސް ވެލްނެސް” ކުންފުނީގެ މިއުފެއްދުމަކީ އިންޑިޔާގެ ގިނައަދަދެއްގެ އާންމުންގެ އިތުރުން ގެސްޓްހައުސްތަކުގައާއި، ރިޒޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައިވެސް ބޭނުންކުރަމުން ގެންދާ މަގުބޫލު ހަކުރެކެވެ.

ވޯލްޑް ހެލްތް އޮގަނައިޒޭޝަނުން ހުއްދަލިބިގެން ވިއްކާ މިބްރޭންޑަކީ އިންޑިޔާގެ 94 އިންސައްތައިގެ މާކެޓް ހިއްސާ އޮންނަ ބްރޭންޑެކެވެ.

އެސްޓީއޯ އިން މަޢުލޫމާތުދޭ ގޮތުގައި ޝުގާރފްރީގެ 3 ބާވަތެއްގެ 9 އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައެވެ.

އެގޮތުން ޝުގާރފްރީ ގޯލްޑަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭ އާޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެން އުފައްދާފައިވާ ހަކުރެކެވެ. މިވައްތަރަކީ ހަކުރު ބޭނުންކުރައްވާ މިންވަރަށް ބައްލަވާ ދުޅަހެޔޮ ސިއްހަތެއްގައި ތިއްބެވުމަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ހާއްސަ އަދި އާދައިގެ ހަކުރުގައި ހުންނަ މިންވަރަށްވުރެ ކުޑަކޮށް ކެލޮރީސް ހުންނަ ހަކުރެކެވެ. މިގޮތުން ޝުގާރފްރީ ގޯލްޑްގައި އެކުލެވޭނީ އާދައިގެ ހަކުރުގައި އެކުލެވޭ ކެލޮރީސްގެ 2 އިންސައްތައެވެ. މިހަކުރު ބޭނުންކުރަން އެންމެ ރަނގަޅީ ސައި، ކޮފީ އަދި ޖޫސް ފަދަ ބުއިންތަކާއި އެކުގައެވެ. ޝުގަފްރީ ގޯލްޑްގެ ހަކުރުގެ 50 އަދި 100 ގުޅައިގެ ޕެކިންގެެއިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބިވަޑައިގަންނަވާނެއެވެ.

ތާރަފުކޮށްފައިވާ ދެވަނަ ބާވަތަކޫ ޝުގާރފްރީ ނެޗުރަލްއެވެ. ސުކޮލޯސްއިން އުފައްދައިފައިވާ ޝުގާރފްރީ ނެޗުރަލް އަކީ އެއްވެސް ވަރަކަށް ކެލޮރީ ނުހިމެނޭ ހަކުރެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުން ދުޅަހެޔޮ އަދި ސިއްހަތަކަށް ބައްލަވައިގެން ފަރީއްކުޅުވާ ބޭފުޅުންނަށް ހާއްސަ، ކެއްކުމަށްވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ހަކުރެކެވެ. ޝުގާރފްރީ ނެޗުރަލްގެ 50 އަދި 100 ގުޅައިގެ ޕެކިންގެެއިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބިވަޑައިގަންނަވާނެއެވެ.

ތިން ވަނަ ބާވަތް ކަމަށްވާ ޝުގާރފްރީ ގްރީން އަކީ %100 ގުދުރަތީ ސްޓެވިއާ ފަތުން އުފައްދައިފައިވާ އެއްވެސް މިންވަރަކަށް ކެލޮރީސް ހިމެނިގެންނުވާ ހަކުރުގެ ބާވަތެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުން އެކިއުމުރުފުރާއިގެ ބޭފުޅުންނަށްވެސް ބޭނުންކުރެވޭނެ ހަކުރެކެވެ. ޝުގާރ ފްރީ ގްރީންގެ ލިބިވަޑައިގަންނަވާނީ

މިހާރުވެސް އެސްޓީއޯ ސުޕަރމާޓް، އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރ، އެސްޓީއޯ އެކްސްޕްރެސް (ފުޑްކޯޓް) އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން، އެސްޓީއޯ ފާމަސީތަކުން ލިބިވަޑައިގަންނަވާ ޝުގާރފްރީ ހަކުރަކީ މިވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހަކުރުގެ ބްރޭންޑްތަކުގެ ތެރޭގައި އެންމެ މަތީގައި ގުނާލެވޭނެ ބްރޭންޑެއް ކަމުގައި ވެސް އެސްޓީއޯ އިން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355