twitterviber whatsapp telegramfacebookyoutube instagram
26th April 2024

އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފަރާތުން ސަގާފީ ކެމްޕޭނެއް ފަށައިފި

Jul 30, 2018

އޭޑީކޭ ޖެނެރަލް ޓްރޭޑްގެ ފަރާތުން ސޯސަލްމީޑިއާގައި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ކެންޕެއިނެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ކެމްޕޭންގެ ދަށުން ކުރެވޭ ސޯސަލް މީޑިއާ ޕޯސްޓްތަކުގައި ދިވެހި ސަގާފީ ހެދުމުގައި ތިބޭ މޮޑެލްސް ބޭނުންކުރުމާއި، ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނެއެވެ.

ސޯސަލް މީޑިއާ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ރީތިކަމާއި، ދިވެހިންގެ އޭރުގެ ދިރިއުޅުން ދައްކުވައިދޭ ފޮޓޯތަކެއް ހިމެނޭ މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ދިވެހިވަންތަކަށް ޕޮރޮމޯޓްކުރުމާއި ފަތުރުވެރިން ޒިޔާރަތްކުރާ ހިތްގައިމު ރީތިމަންޒިލަކަށް ވީހިންދު ހިނުތުންވެ މަރްހަބާ ކިޔާ އަދި މުއްސަންދި ސަގާފަތެއްވާ ގައުމެއްކަން ދައްކުވާއިދިނުމެވެ.

ދިވެހި ވަންތަކަން ދެމެހެއްޓުމަށާއި އާލާ ކުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔާތެއް ކަމުން ސޯސަލް މީޑިއާގައި މި ހިންގޭ ކެމްޕޭންގެ ސަބަބުން ދިވެހިންނަށާއި އެހެން ގައުމުތަކުގެ މީހުންނަށް ދިވެހިންގެ މުއްސަނދި ސަގާފަތާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭނެއެވެ.

މި ކެމްޕެއިންގެ ސަބަބުން ދިވެހިންގެ ތެރޭގައި ކާބަފައިންގެ ދުވަސްވަރުން ފެށިގެން އޮތް ރީތި އާދަކާދަތައް އަދި ދިރިއުޅުމުގެ ވައްޓަފާޅިއާއި މެދު އޮތް ލޯބި އިތުރުކޮށްދިނުމާއި، ދިވެހިންނަށް ލިބިފައިވާ އަގުހުރި ސަގާފަތް ހަނދާން ކޮށްދިނުމުގެ އިތުރުން އެ ސަގާފަތް ދިރުވާ އާލާކުރުމަށް ކޮންމެ ފެންވަރެއްގައިވެސް މަސައްކަތް ކުރެވޭނެ ކަމުގެ މެސެޖް ދިނުމެވެ.

މިފޮޓޯތަކުން ދިވެހިން ރަމްޒުކޮށްދޭ، ދިވެހި ހެދުމާއި ދިވެހިންގެ ދިރިއުޅުން އަދި ހިތްހަމަ ޖެހޭ މާހައުލެއްގައި އުޅެމުންދާތަން ދައްކުވައިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355