twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ރައްޔިތުންނަށް ރައީސް ދެއްވި ގެދޮރުވެރިކަމުގެ ހަދިޔާ: ފަސް އަހަރުން ރޯހައުސްތައް ވީރާނާކޮށްލުން !

Aug 1, 2018

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ޖުމްލަ 166 ރޯހައުސް ނުވަތަ ހައުންސިންގ ޔުނިޓްތަކެއް ގާއިމްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެއީ ޖަލާލުއްދީން ސްކޫލުގައި ކައިރީގައި އިމާރާތްކުރާ 18 ރޯހައުސް އާއި ހަސަނާތު މިސްކިތް ކައިރީގައި އިމާރާތްކުރާ 40 ރޯހައުސް އަދި ހިއްކި ސަރަހައްދުގައި ހަދައި 100 ރޯހައުސް އެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޭގެ ތެރެއިން ބައެއް ރޯހައުސްތައް ހުރީ ނިމިފަ އެވެ. އެގޮތުން ޖަލާލުއްދީން ސްކޫލު ކައިރީގައި ހުރި 18 ރޯހައުސްގެ މަސައްކަތް ހުރީ އެއްކޮށްވެސް ނިމިފަ އެވެ. އަދި ހަސަނާތު މިސްކިތް ކައިރީގައި ހުރި 40 ރޯހައުސްގެ ނަރުދަމާގެ ގުޅާލުން ފިޔަވާ ހުރިހާ މަސައްކަތެއް ހުރީ ނިމިފަ އެވެ. ހިއްކި ސަރަހައްދުގައި އިމާރާތްކުރަން ފެށި ރޯހައުސްތައް ހުއްޓިފައިވާއިރު އެތަން މިހާރުވެފައިވަނީ ބިދޭސީގެ ހާޔައްށެވެ.

ކުޅުދުއްފުށީގައި އަޅާފައިވާ ރޯހައުސްތަކެއް ނުބެލެހެއްޓުމުގެ ސަބަބުން ގަސް ހެދި ވާވެފަ–

ސްކޫލާއި މިސްކިތް ކައީރިގައި ހުރި ރޯހައުސްތައް ލިބޭނެ ފަރާތްތައް ގުރުލައި ނިންމާފައިވީނަމަވެސް މިވީ ފަސް އަހަރުގެ ތެރޭގައިވެސް އެ ރޯހައުސްތައް އޭގެ ހައްގުވެރިންނަށް ހަވާލުނުކުރެވި ތަފާތު އެކި ބަހަނާތައް ސަރުކާރުން ދަނީ ދައްކަމުންނެވެ. ވަކިން ހާއްސަކޮށް ހައުންސިންގ މިނިސްޓްރީންނެވެ. އެކި ފަހަރު މަތިން އެ ރޯހައުސްތައް ބެލުމަށްޓަކާ މިނިސްޓްރީން ވަފުދުތައް ކުޅުދުއްފުއްޓަށް ޒިޔާރާތްކޮށް، “ވަރަށް އަވަހަށް” ރޯހައުސްތައް ރައްޔިތުންނަށް ހަވާލުކުރާނެ ކަމަށް ބުނެ އޮޅުވާލާފައިވެ އެވެ. ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މިރަށުގައި މިހާރުވެސް 12000 މީހުން އަންނަނީ ދިރިއުޅެމުންނެވެ. ކަން މިހެން އޮތްއިރު ގެދޮރުވެރިކަމުގެ މިމައްސަލައަކީ ބޮޑު މައްސަލަ އެކެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ނިމިފަ ހުރި ރޯހައުސްތަކެއް، އަދިވެސް ހަވާލެއް ނުކުރެވޭ !

މީގެ ތެރޭގައި ކުޅުދުއްފުއްޓަށް ހިޖްރަކުރަން ބޭނުންވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންތަކެއް މިހާރުވެސް އަންނަނީ ކުލި ދައްކައިގެން ދިރިއުޅެމުންނެވެ. ރޯހައުސްތަކަށް ނުވެދެވިވާ ކޮންމެ ދުވަހަކީ އެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ޝަކުވާއެކެވެ. ރައްޔިތުން ގެދޮރުވެރިކުރުވުމުގެ ވައުދު ރައީސް ޔާމީން ދައްކަވަމުން ގެންދަވާއިރު މިއީވެސް މިކަމުގެ އިންތިޒާރުގައި ތިބި ރައްޔިތުންތަކެކެވެ.

ކުޅުދުއްފުށީގައި ހަދަން ފަށާފައިހުރި ރޯހައުސްތަކެއްގެ ވަކަރުތައް ފީވެގެން ފައިބާފަ–

ފަސް އަހަރުވެގެންދިޔަ ރޯހައުސްތަކަށް އަޅާނުލެވި ވީރާނާވެގެންދަނީ އެވެ. ދައުލަތުގެ ބަޖެޓް އެއްތަށް ފައިސާއެއް ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ އެ ރޯހައުސްތައް ނުދީ ލަސްކުރަނީ ކީއްވެތޯ ރައްޔިތުން ދަނީ ސުވާލުއުފައްދަމުންނެވެ. ނޫނީ މިއީ މި ރައްޔިތުންނަށް ރައީސް ދެއްވި ހަދިޔާއެއް ތޯ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355