twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫއިން ދިވެހި ބަހުން ހިދުމަތް ލިބޭނެ މޯބައިލް އެޕްލިކޭޝަންއެއް ތައާރަފް ކޮށްފި

Aug 9, 2018

ދިވެހިބަހުން ހިދުމަތް ލިބޭ މޮބައިލް އެޕްލިކޭޝަނެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްމ އަޒްލީން އަހުމަދުއެވެ.

އެޕްލިކޭޝަން އިފްތިތާހު ކޮށްދެެއްވުމަށްފަހު ވާހަކަ ދައްކަވަމުން އުރީދޫއިން ރާއްޖޭގައި މުވާސަލާތީ ގުޅުމުގެ ހިދުމަތް ދޭން ފެށިފަހުން ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

އަދި ހިދުމަތުގެ އަގުހެޔޮވެ، އައު ހިދުމަތްތައް ތައާރަފުވެގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޓެކްނޮލޮޖީއާއެކު ދިވެހިބަހަށް އަންނަ ކުރިއެރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިބަހަށް ލިބެމުންދާ ކުރިއެރުމުގެ ތެރޭގައި، ހާއްސަ ގޮތެއްގައި ޓެކްނޮލޮޖީއަށް އެކުވެގެން މިދާ ސްޕީޑަށް ބަލާއިރު، ދިވެހި ބަސް މިއަދު މިވަނީ ޓެކްނޮލޮޖީއާ މިއަދު ވަރަށް ބޮޑަށް ރައްޓެހިވެފައި ކަން ވެސް ފާހަގަ ކުރިއެވެ.

އުރީދޫއަކީ ވޭތުވެދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ތަފާތު ގޮތްގޮތުން ޤައުމަށް ހިދުމަތް ކުރަމުންދާ ކުންފުންޏެއްކެވެ. އަދި އުރީދޫ މޯލްޑިވްސްއިން މިހާތަނަށް ކުރައްވާފައިވާ ކޮންމެ ކަމެއްގައި ވަރަށް ފަރުވާތެރިކަމާއެކު އަދި އެބޭފުޅުންނަކީ މިއިންޑަސްޓްރީއަށް ވަރަށް ވަރުގަދަ، އިންޤިލާބީ ބަދަލެއް ގެންނެވި ބައެއްކަން ދިވެހި ރައްޔިތުންނަށް އެގޭނެ ކަމަށް ވެސް މިނިސްޓަރ ވާހައިގައި ފާހަގަ ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ ތައާރަފްވެގެންދިޔަ އެޕްލިކޭޝަނަކީ އެކުންފުނިން ރާއްޖޭގެ މުވާސަލާތީ ދާއިރާ ފުޅާކުރުމަށްކުރާ މަސައްކަތުގެ ތެރެއަށް އިތުރު އައު ހިދުމަތެއްކަމަށެވެ. އަދި އުރީދޫގެ ހިދުމަތް ބޭނުންކުރާ ފަރާތަކަށް އިތުރު ފައްސޭހައެއް ވެގެން ދާނެ ހިދުމަތެއް ކަމަށް ވެސް ފާހަގަ ކުރިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ މިފަދަ ކަމެއް އިސްނަންގަވައިގެން ކުރިއަށްގެންދިޔަކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ސުކުރު ދަންނަވާފައެވެ.

އަދި އެހެން ކުންފުނިތަކުންވެސް ދިވެހި ބަސް ކުރިއެރުވުމަށް މިފަދަ ކަންތައްތައް ކުރުމަށް އަޝްރަފު އެދިވަޑައިގެންނެވިއެވެ.

އުރީދޫއިން ނެރުނު އެޕްލިކޭޝަން މެދުވެރިކޮށް މޯބައިލް ނަންބަރާ ގުޅުން ހުރި އެކި ކަންކަމާ، އުރީދޫގެ އެންމެ ފަހުގެ ޕްރޮމޯޝަންތައް އަދި އެހެނިހެން މައުލޫމާތު ލިބޭނެއެވެ.

.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355