twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫ އެމް-ފައިސާއިން މޯލްޑިވް ގޭހަށް ފައިސާ ދެއްކޭނެ ހިދުމަތް ފަށައިފި

Aug 11, 2018

ރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް، މޯލްޑިވް ގޭސް ފުޅި އޯޑަރކޮށް، ފަސޭހަކަމާއި އެކު ފައިސާ ދެއްކެވޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި މޯލްޑިވް ގޭސް ގުޅިގެން ތައާރަފްކޮށްފިއެވެ.

ބޭނުންކުރަން ފަސޭހަ މި ހިދުމަތް ތައާރަފްކޮށްފައިވަނީ، މޯލްޑިވް ގޭސްގެ ޗެއާޕާސަން، އަހުމަދު ޝިފާން، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ މައުމޫން، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އަދި ދެކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ސޯޝަލް ސެންޓަރ ގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އުރީދޫ އެމް-ފައިސާ އެޕް މެދުވެރިކޮށް މިހާރު ފަސޭހަކަމާއި އެކު، ކޮންމެ ތާކު ތިއްބަވައިގެންވެސް މޯލްޑިވް ގޭސްގެ ހިދުމަތްތަކަށް އޯޑަރ ކުރެވޭނެއެވެ. އަދި މި އެޕް މެދުވެރިކޮށް، ގޭސް ފުޅިތަކަށް ފައިސާ ދެއްކެވޭނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މިއަދުން ފެށިގެން މޯލްޑިވް ގޭސްގެ ބިލްތައް ހިމެނެއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ހިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް، ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ހިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް، އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355