twitterviber whatsapp telegramfacebookyoutube instagram
17th February 2026

ޖުލައި މަހު މީރާއިން 2.1 ބިލިއަން ރުފިޔާ ބަލައިގެންފި

Aug 13, 2018

ނިމިގެން މި ދިޔަ ޖުލައި މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު %2.0 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %0.1 އިތުރު އަދަދެކެވެ.

2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ 2017 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާއި ގުޅިގެން 1 ޖުލައި 2018 އަށް ސުންގަޑި ފަސްކުރެވިފައިވުމެވެ.

ޖުލައި 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ %43.9 ނުވަތަ 934.50 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. އެއީ %24.4 ނުވަތަ 519.13 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި %16.4 ނުވަތަ 348.21 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި (105.32 މިލިއަން ރުފިޔާ ނުވަތަ %4.9)، ގްރީން ޓެކްސްގެ ގޮތުގައި (44.03 މިލިއަން ރުފިޔާ ނުވަތަ %2.1) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (177.60 މިލިއަން ރުފިޔާ ނުވަތަ %8.3) ހިމެނެއެވެ.

ޖުލައި 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355