twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސްގެ ފުރަތަމަ މިޝަން މީރާގައި ފަށައިފި

Aug 15, 2018

ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) ގެ ފުރަތަމަ މިޝަން މީރާގައި ފަށައިފިއެވެ. މިގޮތުން، މި މިޝަންގެ ކޯޕަރޭޝަން އެގްރިމަންޓުގައި މީރާއާއި ޓީ.އައި.ޑަބްލިއު.ބީ އިން ވަނީ މި ހަފްތާގައި ސޮއިކޮށްފައެވެ.

ޓީ.އައި.ޑަބްލިއު.ބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

މިގޮތުން ޓީ.އައި.ޑަބްލިއު.ބީގެ ފަރާތުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފެންވަރު ރަނގަޅުކުރުމަށާއި، ބައިނަލްއަޤްވާމީގޮތުން ކުރާ ވިޔަފާރި މުއާމަލާތްތައް އޮޑިޓްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ވަނީ ޓެކްނިކަލް އެސިސްޓަންސް ޕްރޮޖެކްޓެއް ފައްޓާފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މީރާގެ ޓެކްސް އޮޑިޓަރުން ޓެކުހުގެ މައިދާނުގައި ފެންނަމުންދާ ޓްރާންސްފަރ ޕްރައިޒިންގ ގެ މައްސަލަތައް އޮޑިޓްކުރުމަށް ތަމްރީނުކުރެވިގެންދާނެއެވެ. މި ޕްރޮޖެކްޓަކީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355